އީދު އުފާ މިރޭ ފާހަަގަކުރަންވާނީ ޝަލަބީއާއި އެކު އަކާލާގައި!
ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި އަކާލާ ކެފޭއިން މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް ޝަލަބީ އިސްވެ އުފައްދާފައިވާ ހައުސް އޮފް މިއުޒިކް ސްޓޫޑިއޯގެ ފަރާތުން ބާއްވާ ޚާއްސަ ޝޯވްއެއް ދިނުމަށް ނިންމައިފިއެވެ.
އެތަނުން މައުލޫމާތު ދޭގޮތުގައި މިޝޯ އޮންނާނީ މިރޭ އަށަކުން ފެށިގެން މާފަންނު އަކާލާ ރެސްޓޯރެންޓްްގައެވެ. އަކާލާ ހުންނަނީ މާފަންނު އެލިޔާ ކައިރީގައެވެ.
މިރޭގެ ޝޯވްގައި މޯލްޑިވިއަން އައިޑޮލްއިން ގިނަބައެއްގެ މަގުބޫލުކަން ހޯދި ދެފަރާތްކަމުގައިވާ ޝިފާ އަދި ޝަލަބީ ލަަަވަކިޔުމަށް ވަނީ ހަަމަޖެހިފައެވެ.
އެހެންކަމުން އަކާލާގެ ހިތްގައިމު މާހައުލުގައި އީދު އުފާ ފާހަަގަކުރުމަށް ދަމާ ހެއްޔެވެ؟
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް