ބަސް ޕާކެއް ނުކުރަން: މޮރީނިއޯ
އޭނާގެ ފިލޯސޮފީ ބިނާވަނީ އިރުޝާދު ދޭ ޓީމެއްގެ ގޮތުން ކަމަށައި އެއްވެސް ހާލެއްގައި އޭނާގެ ޓީމް މާ ޑިފެންސިވްކޮށް ނުވަތަ ބަސް ޕާކް ކޮށްގެން ނުކުޅޭ ކަމުގައި މޮރީނިއޯ ބުނެފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއެކު ހޭދަ ކުރި ފުރަތަމަ ސީޒަނުގަ ޗެލްސީ ދެއްކީ ރީތި އެޓޭކިން ކުޅުމެއްކަން ފާހަގަކޮށް އެކަން ހިއްސާކުރަމުން މޮރީނިއޯ ބުނީ ބަސް ޕާކް ކުރާކަމަށް ފުރަތަމަ އަޑު ފެތުރުނީ އޭނާ ރެއާލް މެޑްރިޑްއާއެކު 100 ޕޮއިންޓް ހޯދާ 106 ލަނޑާއެކު ލީގް ކާމިޔާބުކޮށް ސްޕެނިޝް ފުޓްބޯޅައިގަ ރެކޯޑް ހެދި ސީޒަނުގަ ކަމަށެވެ.
މީގެ އިތުރުން މޮރީނިއޯވަނީ އޭނާއަށް މެންޗެސްޓާ ސިޓީގެ ކޯޗް ގާޑިއޯލާ އަދި ލިވަޕޫލްގެ ކޯޗް ކްލޮޕްއަށް އެ ކޯޗުންގެ ކްލަބްތަކުން ދޭ ފަދަ އެއްބާރުލުމަކައި ސަޕޯޓެއް މެންޗެސްޓާ ޔުނައިޓެޑުން އޭނާއަށް ނުދޭހެން ހީވާ ފަދަ މޭރުމަކުންވެސް ވާހަކަ ދައްކާފައެވެ.
"މެން ސިޓީއާއެކު ގާޑިއޯލާއަކަށް ފުރަތަމަ ސީޒަނުގައި ޗެންޕިއަންކަމެއް ނުލިބޭ، ދެވަނަ ސީޒަނުގައި ގާޑިއޯލާ ނިންމި ހުރިހާ ނިންމުންތަކަކަށް އެ ކްލަބުން ފުރިހަމަ އެއްބާރުލުން ދިން. އެގޮތުން ގާޑިއޯލާގެ ނިންމުމާ އެއްގޮތަށް ހަތަރު ފުލް ބެކް ވިއްކާލުމަށްފަހު އައު ހަތަރު ފުލް ބެކް ގަނެފައިވޭ. ލިވަޕޫލްއަށް ބަލާއިރު ކްލޮޕްއަށް އޭނަ ބޭނުން ކުޅުންތެރިޔެއް އިހްތިޔާރު ކޮށްގެން ކުރިއަށް ދިޔުމުގެ ފުރުސަތު އޮތްތަން ފެނޭ. އޭގެ އަނެއް ކޮޅަކީ ކޯޗަކު ބޭނުން ކުޅުންތެރިޔެއް ނެގުމުގެ ނުވަތަ ގަތުމުގެ އިހްތިޔާރު ނެތުން" މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑާއެކު ޔުއޭފާ ޔޫރޯޕާ ލީގް އަދި ލީގް ކަޕް ކާމިޔާބުކުރި މޮރީނިއޯ މި ވާހަކަތައް ދައްކާފައިވަނީ ބީއިން ސްޓޫޑިއޯގެ މެހެމާނެއްގެ ގޮތުގައި އިނދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް