ދުވަސްކޮޅަކަށްފަހު އެމްޑީީޕީން އަނެއްކާވެސް މަގުމައްޗަށް!
ގިނަ ދުވަސްތަކަކަށްފަހު އެމްޑީޕީން އަނެއްކާވެސް މާލޭގެ މަގުމައްޗަށް ނުކުތުމަށް ތައްޔާރުވެއްޖެއެވެ.
އެމްޑީޕީން ވަނީ މާލޭގައި ހިނގާލުމެއް ބޭއްވުމަށް ނިންމާފައެވެ
މިމަހުގެ 19 ވަނަ ދުވަހު އެމްޑީޕީން ބާއްވާ ހިނގާލުމަކީ އެޕާޓީގެ އެޖެންޑާ 19 ގައި ހިމެނޭ "އިންސާފު" ލޯންޗު ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެއްކަމަށް ބުނެފައެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އެމްޑީޕީ ހަރުގެ ކުރިމަތިންނެވެ.
މި ހިނގާލުން ކުރިއަށްދާނީ މަޖީދީ މަގުންކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް