މޭޔަރ ޝިފާ ދެވަނަ ދައުރަކަށް ކުރިމަތިލައްވަނީ
މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު، އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވައިފިއެވެ.
ޝިފާ މިކަން ހާމަކުރެއްވީ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާ ވިދާޅުވީ މާލެސިޓީއަށް ގިނަ ކަންތައްތަކެއް އަދިވެސް ކޮށްދިނުމަށް ބޭނުންފުޅުވާާ ކަމަށާއި، މިދިޔަ ދުވަސްތަކުގައިވެސް ގިނަ ކަންތައްތަކެއް ކިތަންމެ އުނދަގުލުން ނަމަވެސް ކޮށްދެވިފައިވާނެކަމަށެވެ.
އެހެންކަމުން މިހާރު ކުރެވިފައި ހުރި މަސައްކަތްތައް ތަންފީޒުކޮށް މާލެއަށް ބޮޑު ކުރިއެރުމެއް ހޯދައިދިނުމަކީ ބޭނުންފުޅުވާކަމެއްކަމަށް ޝިފާ ވިދާޅުވިއެވެ. މިހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާނެކަމަށް ޝިފާ ވަނީ އިއުލާންކުރައްވާފައެވެ.
މިހާތަނަށް ޝިފާގެ އިތުރުން އެއްވެސް ފަރާތެއް ރަސްމީގޮތުން މާލޭ ސިޓީ ކައުންސިލްގެ އިތުރު ދައުރަކަށް ކުރިމަތިލައްވާނެކަން ހާމަކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް