ލޯކަލް ކައުންސިލް އިންތިހާބު އޭޕްރިލް 4 ގައި ބޭއްވުމަށް ނިންމައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، އަންނަ އަހަރުގެ އޭޕްރިލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަނުން ނިންމައިފިއެވެ.
އިލެކްޝަނުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ކުރިއަށްއޮތް އެޕްރީލް މަހުގެ 4 ވާ ހޮނިހިރުދުވަހު ބޭއްވުމަށް ތާވަލްކޮށްފައިވާކަމަށެވެ. ކުރިއަށްއޮތް އިންތިހާބުގައި 226 ދާއިރާއަކުން ކައުންސިލް ތަކަށާއި، އަންހެނުންގެ ކޮމިޓީތަކަށް މެމްބަރުން އިންތިހާބުކުރާނެއެވެ.
އިލެކްޝަނުން މީގެ ކުރިން އިންތިހާބު ބާއްވާނޭކަމަށް އިލެކްޝަނުން ބުނެފައިވަނީ މާޗްމަހުގެ 28 ވަނަ ދުވަހެވެ. އިންތިހާބު ބާއްވާދުވަސް ފަސްވިނަމަވެސް، އެ ސަބަބެއް ކޮމިޝަނުން ބުނެފައެއްނުވެއެވެ.
އިންތިހާބަށް ތައްޔާރުވަމުންދާއިރު، އިލެކްޝަނުން ވަނީ އިންތިހާބުގެ ކަންތައްތަކުގައި ހަރަކާތްތެރިވުމަށް 7 ހާހަށްވުރެ ގިނަ އޮފިޝަލުން ހޯދަން އިއުލާނުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް