ދުވާ ޓްރެކާ ދިމާ ނެރުން ވަންނަން އުޅުނު ލޯންޗެއް އަރިއަޅާލައި އަޑިއަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މާފަންނު ދުވާ ޓްރެކާ ދިމާލަށް އޮންނަ ނެރުން ލޯންޗެއް ވަންނަން އުޅުމުގެ ތެރޭގައި އަރިއަޅާލައި އަޑިއަށް ހިނގައްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ލޯންޗްގެ ބޮޑުބައި އަޑީގައި އޮތްއިރު، އެ ހިސާބު މޫދުގައި އެއްބަޔަކު ތިއްބެވެ. ހާދިސާ ހިނގިއިރު ލޯންގައި ތިބީ ކިތައް މީހުންކަމެއް އަދި ނޭނގެއެވެ.
މި ހާދިސާ އާ ގުޅޭގޮތުން ކަމާބެހޭ އިދާރާއަކުން އަދި ވަކި އެއްޗެކޭ ނުބުނެއެވެ. މިދުވަސްވަރަކީ މޫސުން ވަރަށް ގޯސް ދުވަސްވަރެކެވެ.
އިއްޔެ މާލެއަށް އުދައެރި ގަޑީގައި އެހިސާބު ނެރުން ވަންނަން އުޅުނު ލޯންޗަކަށްވެސް ވަނީ މިފަދަ ހާދިސާއެއް ކުރިމަތިވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް