ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލަން ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުން ނިންމައިފި
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލަން ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުން ނިންމައިފިއެވެ.
ބައެއް މީޑިއާތަކާ ވާހަކަ ދައްކަވަމުން، ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ، ހުޅުމާލޭ ކޯޓު އުވާލުމުގެ މަސައްކަތް ކުރާނެ ކަމަށާއި މިހާރު ކުރިއަށްދަނީ އެ މަސައްކަތް ޑްރާފްޓް ކުރުން ކަމަށެވެ.
"އެކަން ކުރާނެ. މިވަގުތު ޑްރާފްޓިން ސްޓޭޖްގައި މި އުޅެނީ."
އުޝާމް ވިދާޅުވިއެވެ.
މާލޭގައި ހުންނަ ފަދަ ސުޕީރިއާ ކޯޓުތައް ހުންނަ ރަށްރަށުގައި މެޖިސްޓްރޭޓް ކޯޓެއް ނުހުންނާނެ ކަމަށް ކޯޓުތަކުގެ ގާނޫނު ބުނާގޮތުން ބަޔާން ކުރެއެވެ. އެހެންނަމަވެސް، ހުޅުމާލެ އަކީ މާލޭގެ އަވަށަކަށް ވީނަމަވެސް، 2012 ވަނަ އަހަރު، ހުޅުމާލޭގައި ހުންނަ މެޖިސްޓްރޭޓް ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފައެވެ.
މީގެ ކުރިން 2022 ވަނަ އަހަރު ޖޭއެސްސީން ވެސް ހުޅުމާލޭ ކޯޓު އުވާލުމަށް މަސައްކަތްކުރިކަން ފާހަގަކޮށްލަން ޖެހެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް