ޘަގީފްއާއިއެކު އަދާލަތްގެ ވަފުދު ވައިކަރަދޫއަށް!
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވައިކަަރަދޫ ދާއިރާއަށް އަދާލަތު ޕާޓީން ވާދަކުރައްވާ ހުސައިން ޘަގީފް އިހުސާނަށް އެރަށުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މިއަދު ހަވީރު ޘަގީފްއާއި އެކު އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ހިމެނިވަޑައިގަންނަވާ ޓީމެއް އެރަށަށް ދިއުމުން، ގިނަ އަދަދެއްގެ ފަރާތްތަކުން ނިކުމެ ވަނީ ކެމްްޕެއިން ޓީމަށް މަރުހަބާ ދަންނަވާފައެވެ.
ޘަގީފްއަށް ކެމްޕެއިން ކުރުމުގެ ގޮތުން އެ ރަށުގައި ހާއްސަ ޖަލްސާއެއް މިރޭ ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އަދި ޑޯޓުޑޯ ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އެ ދާއިރާގައި ދެން ހިމެނޭ ދެ ރަށްކަމުގައިވާ ކުރިނބީ އާއި ނެއްލައިދޫއަށްވެސް ވަފުދުގެ ބޭފުޅުން ދިއުމަށް ވަނީ ނިންމާފަ އެވެ.
އަދާލަތު ޕާޓީގެ މަޖިލިސް ކެމްޕެއިން ފެށީ ރޭ ހދ. މަކުނުދޫގަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް