N/A
N/A
ހަބަރު 24 May 2019 | 08:31

ސެކިޔުލަރިޒަމްގެ ނުރައްކާތެރިކަން 4

ލިޔުނީ: އައްޝައިޙް އަހްމަދު ސަމީރު

ސެކިއުލަރިޒަމްގެ އަސާސްތައް

ސެކިއުލަރިޒަމްއަށް ނަޒަރު ހިންގާލުމުން ފެނިގެންދަނީ މި ފިކުރު މައިގަނޑު 3 އަސާސެއްގެ މައްޗަށް ބިނާވެފައިވާކަމުގައެވެ.

1- ދުނިޔޭގެ ޙަޔާތަށް އިސްކަންދިނުން: މިފިކުރުގައި އިސްކަންދެވެނީ ދުނިޔެއަށެވެ. ދުނިޔޭގެ ޖާހާއި މަންޞިބާއި މަޤާމާއި، މުދާވެރިކަމާއި، އުފާވެރިކަން ހޯދުމީ ޙަޔާތުގެ މަޤްޞަދުކަމުގައި ޤަބޫލުކުރުމެވެ. އަދި އެކަމަށް މުޅި އިންސާނާގެ ވިސްނުން އަމާޒުކުރުމެވެ. ދީނެއް ޤަބޫލުކުރާ މީހަކު އެކަން ނަޒަރީގޮތުގައި ޤަބޫލުކުރިޔަސް އެކަން އޮންނަން ވާނީ އޭނާގެ ޝަޚްޞީކަމެއްގެ ގޮތުގައިއެވެ. ވީމާ ދީނުގެ އެއްވެސް އަސަރެއް ދުނިޔަވީ އެއްވެސް ކަމަކަށް ފޯރުވައިގެން ނުވާނެއެވެ.

2- ޢިލްމާއި އަޚްލާޤާއި، ފިކުރާއި،ޘަޤާފަތް ދީނީ އިރުޝާދުތަކުން ފޭކުރުން: މީއަސާސުގެ ދަށުން ޢިލްމާއި އިންސާނާގެ ފިކުރު އެއްވެސް ދީނަކާ ގުޅުވައިގެން ނުވާނެއެވެ. އަދި އޭނާގެ ޘަޤާފަތަކީވެސް އެއްވެސް ދީނަކާގުޅުންހުރި އެއްޗަކަށް ހަދައިގެން ނުވާނެއެވެ. އަދިކިއެއްތަ އިންސާނާ ޤަބޫލުކުރާ އަޚްލާޤީ ޞިފަތަކަކީވެސް އެއްވެސް ދީނާކާ ގުޅުވައިގެންވާނެ އެއްޗެއް ނޫނެވެ.

3- ދީނުގެ އެއްވެސް ބާރެއް ނުހިނގާ ސިޔާސަތުތަކެއްގެ ދަށުން، އެކުލަވާލެވިފައިވާ ތަފާތު މުއައްސަސާތަކެއްގެ މައްޗަށް ޤާއިމުކުރެވިފައިވާ ދައުލަތެއް ބިނާކުރުން.

މުސްލިމުންގެ ތެރެއަށް ސެކިޔުލަރިޒަމް އައީ ކިހިނެއް؟

މުސްލިމުންގެ ތެރެއަށް މިނުބައި ފިކުރުގެ ވިހަ ފޯރަންފެށީ ޢުޘްމާނީ ޚިލާފަތު ވައްޓާލައި މުސްލިމުންގެ ބިންތައް ޔޫރަޕުގެ ޤައުމުތަކުން އަޅުވެތިކުރި އިސްތިޢުމާރުގެ ތެރެއިންނެވެ. އިސްލާމީ ޚިލާފަތުގައި ދަށުގައި މުސްލިމުން ވެފައިވަނީ އެއްބައެއްގެ ގޮތުގައެވެ. ޢުޘްމާނީ ޚިލާފަތުގެ ފަހުކޮޅުގައި ތަފާތު އެކި މުންކަރާތްތައް ފާޅުވަމުން ދިޔަނަމަވެސް، ޔަހޫދީންނާއި ނަޞާރާއިންނާއި، ،މިނޫންވެސް އުންމަތުގެ އަދުއްވުންނަށް އެންމެބޮޑު ގޮންޖެހުމަކަށް ވެފައި އޮތީ ޢުޘްމާނީ ޚިލާފަތެވެ.

އިސްލާމީ ޝަރީޢަތުގެ މައްޗަށް ބިނާވެފައިވާ ވެރިކަމެއްގެ ދަށުގައި މުސްލިމުން ދިރިއުޅެމުންދާހާ ހިދަކު އެބައިމީހުންގެ މެދުގައި ދީނުގެ މަތިވެތި ޢަޤީދާއާއި އެ ޢަޤީދާއަށް ޓަކައި ޤުރްބާންވުމުގެ މަތިވެރި ޝުޢޫރަކީ ނިވައިނުލެވޭނެ އެއްޗެއްކަން އުންމަތުގެ ދުޘްމަނުންނަށް ކަށަވަރުވިއެވެ. އެކަން ވާނީ ދީނާއި ސިޔާސަތު ވަކިކުރާ ދައުލަތެއް މުސްލިމުންނަށް ދައްކައިގެން ކަމުގައި މިވެރިންނަށް އެނގެއެވެ. ނަމަވެސް ޔަހޫދީންގެ ފަރާތުން ނުވަތަ ނަޞާރާއިންގެ ފަރާތުން އެކަން މުސްލިމުންނަށް ދެއްކުމުން މުސްލިމުން އެކަން ބަލައި ނުގަންނާނެކަމީ އެމީހުން ދަންނަކަމެކެވެ.

'ގަސް ކަނޑާނީ ގަހުގެ އަހުލުވެރިން ލައްވައޭ" ބުނާ ފަދައިން މިކަމުގައި އެމީހުނަށް މުސްލިމުންގެ ތޮށިގަނޑުގައި ހުރި މީހަކު ބޭނުންވިއެވެ. އަދި އެމީހަކާމެދު މުސްލިމުންގެ ހިތަކުގައިގައި ލޮތްބާއި އިތުބާރުވެސް އުފައްދަން ޖެހެއެވެ. މިގޮތުން ޔޫރަޕުން އިޚްތިޔާރުކު މީހަކީ އުންމަތުގެ އެންމެބޮޑު ޚާއިނު ކަމުގައި ފަހުން އުންމަތުގެ މީހުންނަށް އެނގުނު މުސްޠަފާކަމާލް އަތާތުރުކެވެ.

މީނާއަށް ޔޫރަޕުން ކިޔަވައި ޔޫރަޕުގެ މީހުންގެ ވިސްނުމާއި ފިކުރާއި ޚިޔާލުގައި ރަނގަޅަށް ޖެހިފައިވާ މީހެކެވެ. ނަމަވެސް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ، މުސްލިމުންގެ އިތުބާރު އުފެއްދުންކަމުގައި ޔަހޫދީންނާއި ނަޞާރާއިންނަށް އެނގެއެވެ. އެކަމަށް އެމީހުން އިޚްތުޔާރުކުރީ އެންމެ ފަސޭހަގޮތެވެ. އެއީ ބޭރުފުށުން ދީނަށް ޣީރަތްތެރިކަން ފާޅުކުރުވައި މުސްލިމުންނަށް އެމީހުންގެ އަތުން ބީވެފައިވާ ބިނަތަކާއި މުސްލިމުންގެ ހިތްކަމުގައިވާ ބައިތުލް މަޤްދިސް އަލުން އަނބުރާ މުސްލިމުންގެ ބާރުގެ ދަށަށް ގެނައުމަށް ޖިހާދުކުރާ މުޖާހިދެއްކަމުގައި މުސްލިމުން އޭނާ ބަލައިގަތެވެ.

މިކަން އެމީހުން ކުރީ ވަރަށް ބޮޑަށް ބަލައި ވަގުތުގެ ބޭނުން ހިފައިގެންނެވެ. މުސްޠަފާ ކަމާލް އަތާތުރުކު އެއީ ފަލަސްޠީނުގައި ޢުޘްމާނީންގެ ޢަސްކަރިއްޔާގެ ވެރިޔާއެވެ. މުސްލިމުންގެ ޤާއިދެކެވެ. އަދި ވަކިން ޚާއްޞަކޮށް ޢުސްމާނީ ދައުލަތުގެ ޢަސްކަރިއްޔާ ގައި ކުރަމުންދިޔަ ޒިންމާތައް ދޫކޮށް އަނބުރާ އިސްތަންބޯލް އަށް އައުމަށް ޢުޘްމާނީ ޚިލާފަތުގެ ފަރާތުން އެންގުމުން، ޢަސްކަރިއްޔާއިން ވަކިވުމަށްފަހު، ފުރަތަމަ ބޮޑު ހަނގުރާމަ ނިމުނުއިރު ތުރުކީ އިން ގެއްލިފައިވާ ބިންތައް އަނބުރާ ހޯދައި ތުރުކީ މިނިވަންކުރުމަށް، އިނގިރޭސިންނާ ޔޫނާނީނާއި ފަރަންސޭސިންނާ އިޓާލީ ވިލާތުގެ ބާރުތަކާ ދެކޮޅަށް ހަނގުރާމަކޮށް 1919 އިން 1922 އަށް އަނބުރާ އެބިންތައް ހޯދުމުން އިސާހިތަކު ޣާޒީއެއްގެ ލަޤަބުލިބި އުންމަތުގެ ބައެއް މުޘައްޤަފު ޅެންވެރިންގެ ޅެންތަކުގައި އޭނާއަށް ތަޢުރީފުކުރެވި، އެއީ ޚާލިދުބުނު ވަލީދުކަމުގައި ޞިފަކުރެވިއްޖެއެވެ. އަދި އިސްލާމީ އުންމަތުގެ ކަންކޮޅުތަކުން އޭނާއަށް ތަޢުރީފާއި ސަނާގެ ސިޓީތައް އަންނަން ފެށިއެވެ.

ޔޫރަޕުން މިދަނޑިވަޅުގެ ބޭނުން ހިފީ ވަރަށް ފުރިހަމައަށެވެ. އޭނާއަކީ އެމީހުންގެ ފިކުރުގެ މީހަކެވެ. މުސްލިމުން އިތުބާރުކުރާ މީހެކެވެ. ވަކިން ޚާއްޞަކޮށް އެކަން އިތުރަށް ފަސޭހަވެގެން ދިޔައީ ބޭރުގެ ބާރުތަކާ ދެކޮޅަށް އޭނާކުރަމުން ދިޔަ މަސައްކަތް ކުރަމުން ދިޔައީ ދީނީ ޢިލްމުވެރިންގެ ތާއީދާއެކު އެވެ. ހަނގުރާމައަށް ޖޯޝު އުފައްދަމުން ދިޔައީ ދީނީ ޢިލްމުވެރިން ބޭނުން ކޮށްގެންނެވެ.

ވީމާ އޭނާގެ ބޭނުން ކޮށްގެން ޢުޘްމާނީ ޚީލާފަތް ވައްޓާލައި އެމީހުން ބޭނުންވާ ފަދަ ދީނައި ސިޔާސަތު ވަކިކުރެވިފައިވާ ސެކިޔުލާ ދައުލަތެއް ތުރުކީގައި ޤާއިމު ކުރިއެވެ. އަދި ޢުޘްމާނީ ޚިލާފަތް ވެއްޓުމާއެކު އިސްލާމީ ޤައުމުތައް އިސްތިޢުމާރުކޮށް އެތަންތަނަށް ސެކިޔުލާ ފިކުރު ވައްދަން ފެށިއެވެ. އަދި ފަލަސްޠީނު އިސްތިޢުމާރުކޮށްގެންތިބި އިނގިރޭސިން ޔަހޫދީންނަށް ފަލަޞްޠީނު ދިނެވެ. އެކަމާ ދެކޮޅަށް ހަނގުރާމަ ކުރާނެ ޤާއިދަކު އެދުވަހު ތުރުކީގައި ނެތެވެ.

(ނުނިމޭ)

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...