އައިޖީއެމްއެޗުގެ އެންއައިސީޔޫއިން ނުރައްކާތެރި ބެކްޓީރިއާއެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ އެންއައިސީޔޫއިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިފައިވާ ކަމަށް ބުނެފި އެވެ.
އެ މައުލޫމާތު އިސްްވެ އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފަ އެވެ. ހޮސްޕިޓަލުން ބުނީ އެންއައިސީޔޫގައި ތިބި ކުދީންތަކެއްގެ ގައިން މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ކިޔާ ބެކްޓީރިއާއެއް ފެނިފައިވާ ކަމަށެވެ. އެއީ ނުރައްކާތެރި ބެކްޓީރިއާ އެކެވެ.
އައިޖީއެމްއެޗުން ބުނީ އެކަން ފާހަގަވުމާއެކު މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެ ގޮތުން ކުދީންގެ ރައްކާތެރިކަމާއި ބެކްޓީރިއާ އިތުރަށް ފެތުރުން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
އަދި ބުނީ ކުއްޖަކަށް ވެސް ސިއްހީ އެހީތެރިއަކަށް ވެސް ނުރައްކާތެރި ހާލަތެއް ދިމާވެފައި ނުވާ ކަމަށެވެ.
އެކަމާއި ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާ ކަމުގެ ޔަގީންކަން ވެސް ދީފައިވެ އެވެ. އަދި އެކަމާއި ގުޅޭ މައުލޫމާތުތައް ހާމަ ކުރަމުންދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް