ވާނީގައި ތަމްރީން ހަދަމުންދިޔަ ފުލުހެއްގެ ހާލު ދެރަވެގެން ފަރުވާ ދެނީ، ހާލު ވަރަށް ދެރަ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދ. ވާނީގައި ތަމްރީން ހަދަމުންދިޔަ ފުލުހެއްގެ ހާލު ދެރަވެގެން ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ އެ މީހާ ފުރަތަމަ ގެންދިޔައީ ކުޑަހުވަދޫއަށް ކަމަށެވެ. އަދި މިހާރު މާލެ ގެނެސް ފަރުވާ ދެމުންދާ ކަމަށެވެ. ހާލު ވަރަށް ދެރަ ކަަމަށް ވެސް ބުންޏެވެ.
މިއީ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިން ކޯހުގައި ޓްރެެއިން ހަދަމުން ދިޔަ މީހެކެވެ. އެއީ އުމުރުން 34 އަހަރުގެ ފިިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކުއްލި ގޮތަކަށް އޭނާގެ ހާލަތު ދެރަވި ސަބަބެއް ނުބުނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް