ފެރީއެއް ބަންޑުން ޖަހާލުމުގެ ސަބަބުން އިރާގުގައި 70 މީހުން މަރުވެއްޖެ
އިރާޤުގެ މޫސަލްގައި 200 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ ފެރީއެއް ބަންޑުން ޖަހާލުމުގެ ސަބަބުން އެއިން ދަތުރުކުރަމުން ދިޔަ 70 މީހަކު މަރުވެއްޖެއެވެ.
ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރަމުން ދިޔަ މީހުން ގޮވައިގެން ދިޔަ ފެރީ ބަންޑުން ޖަހާލީ ތިގްރީސް ކޯރަށެވެ. އަދި މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނަ އަަދަކަށް ކުޑަކުދިންނާއި އަންހެނުން ހިމެނޭ ކަމަށް ވެއެވެ.
ފެރީ ބަންޑުން ޖަހާލި ހާދިސާ ހިނގި ސަރަހައްދަށް އިރާގުގެ ބޮޑު ވަޒީރު ވަނީ ޒިޔާރަތްކުރައްވާފައެވެ. އެ ޒިޔާރަތަށް ފަހު ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ފެރީ ބަންޑުން ޖަހާލި ހާދިސާ ތަހުގީގް ކުރުމަށް ފަހު އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްނަމަ އެ ފަރާތެއް ޖަވާބު ދާރީ ކުރުވާނެ ކަމަށެވެ.
އިރާގުގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލުންނާއި ހަވާލާދީ އެގައުމުގެ ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފެރީ ބަންޑުން ޖަހާލީ ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް