ވީއައިއޭގެ ސީޕްލޭން ޕަސެންޖާ ބަސް ހުއްޓިތަކުގައި އެހެން އުޅަނދުތައް ޕާކު ނުކުރަން އެދިއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލް ގެ އެރައިވަލް، ގޭޓް 4 އެ ދެކުނުގައި އުޅަނދު ފަހަރު މަޑުކުރުމަށް ފާހަގަކޮށްފައިވާ ސަރަހައްދުގައި އެހެން އުޅަނދުތައް ޕާކު ނުކުރަން އެދިއްޖެއެވެ.
އެމްއޭސީއެލް އިން ބުނީ، ވީއައިއޭގެ ޓާމިނަލް ގެ އެރައިވަލް، ގޭޓް 4 އެ ދެކުނުގައި އުޅަނދު ފަހަރު މަޑުކުރުމަށް ފާހަގަކޮށްފައިވާ ސަރަހައްދަކީ ސީޕްލޭން އޮޕަރޭޓް ކުރާ ފަރާތްތަކަށް ހާއްސަކޮށް ދަތުރުވެރިން އެރުވުމަށާއި އެމްއޭސީއެލްގެ ސްޓާފް ބަސްތައް ހުއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދެއް ކަމަށެވެ.
އެހެންކަމުން މި ނޫން އުޅަނދުތައް މި ސަރަހައްދުގެ ތެރޭގައި އަދި މި ސަރަހައްދަށް ވަދެ ނުކުތުމަށް އުދަނގޫވާ ގޮތަށް ޕާކުކުރުމާއި މަޑުކުރުމަކީ މަނާ ކަމެއްކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
މިއާއެކު އެމްއޭސީއެލް އިން ވަނީ، އެއަރޕޯޓު ތެރޭގައި އުޅޭއިރު، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ކުންފުނީގެ އެސްޓޭޓް ސެކިއުރިޓީގެ އޮފިސަރުން ދޭ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް