އާރުޑީސީ ވަރަށް ހަލުވި: ސެންޓްރަލް ރީޖަންގެ ހަތް ރަށެއްގެ މަގު ހެދުން ކުރިއަށް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީ ކުރުމުގެ ހަތް މަޝްރޫއުއެއް ސެންޓްރަލް ރީޖަންގެ ރަށްތަކުގައި ހިނގަމުންދާ ކަމަށް އާރުޑީސީން ބުނެފި އެވެ.
އާރުޑީސީން ބުނީ ނ. ހޮޅުދޫ އާއި ވެލިދޫ އާއި ޅ. ހިންނަވަރާއި މ. މުލަކާއި އއ. ތޮއްޑޫ އާއި އދ. މާމިގިލި އަދި ދ. ކުޑަހުވަދޫ ގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނ. ހޮޅުދޫގައި އަމީރު އަހްމަދު މަގުގައި ބެކް ފިލިން މަސައްކަތާއި ޗާންދަނީ މަގުގައި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޅ. ހިންނަވަރުގައި ރޯޑް އެކެއްގެ ދުވާރު މަސައްކަތާއި ޑެއިޒީ މަގުގައި މަގުބައްތީގެ ކޭބަލް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މާމިގިލީގައި ރަށްދެބައި މަގުގައި ދުވާރުގެ މަސައްކަތާއި ބީޗް މަގުގައި ކާބް ސްޓޯން ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް