ބެނިންގެ އަސްކަރިއްޔާގެ ބަޔަކު ދައުލަތުގެ ޓީވީގައި.. ފޮޓޯ: އަލްޖަޒީރާ
ބެނިންގެ އަސްކަރިއްޔާގެ ބަޔަކު ދައުލަތުގެ ޓީވީގައި.. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ 07 Dec 2025 | 13:23

ބެނިންއަށް ބަގާވާތެއް ގެނައި ވާހަކަ އެޤައުމުގެ ދާހިލީ ވަޒީރު ދޮގުކޮށްފި

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އެފްރިކާއަށް ނިސްބަތްވާ ޤައުމެއްކަމަށްވާ ބެނިންގެ ވެރިކަން އެޤައުމުގެ އަސްކަރިއްޔާއިން ވައްޓާލިވާހަކަ އެޤައުމުގެ ހާރިޖީ ދާހިލީ ވަޒީރު އަލަސާނޭ ސެއިޑޫ ދޮގުކުރައްވައިފިއެވެ.

ބެނިންގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކުގައި އަސްކަރިއްޔާއިން ޤައުމު ކޮންޓްރޯލްކޮށް ބާރުތައް އެމީހުން ދަށަށް ގެނައި ވާހަކަތަކެއް ވަނީ ބައެއް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައެވެ. އެގޮތުން ބެނިންގެ ޤައުމީ ޓީވީއަށް އަރައި އަސްކަރިއްޔާގެ އޮފިޝަލުންތަކެއް ވަނީ ވެރިކަމުގެ އެންމެހާ ބާރުތައް ހިސާރުކޮށްފައިވާކަން އިއުލާނުކޮށްފައެވެ.

ނަމަވެސް އޭގެ ކުޑައިރުކޮޅެއްފަހުން އެފްރިކާގެ ސީޖީޓީއެން އެފްރިކާއިން ވަނީ ބެނިންގެ ވެރިކަމާ ސިފައިން ހަވާލުވި ވާހަކަތައް ދޮގުކޮށްފައެވެ. އެ މީޑިއާއިން ބުނީ އަސްކަރިއްޔާގެ ބައެއް އޮފިސަރުން މަދު ސިފައިންތަކެއް ގޮވައިގެން ދައުލަތުގެ މީޑިއާ ހިސާރުކޮށް ވެރިކަން ވައްޓާލިކަން އިއުލާނުކުރިނަމަވެސް ވެރިކަމުގެ ފުރިހަމަ ކޮންޓްރޯލް އަދިވެސް އޮތީ ރައީސް ޕެޓްރިސް ޓެލޮން އަތްޕުޅުގައިކަމަށެވެ. މިގޮތުން ރައީސް ހުންނެވީ ހެޔޮހާލުގައި ވަފާތެރި ސިފައިންނާއެކުގައިކަމަށް ސީޖީޓީއެން އެފްރިކާއިން ބުންޏެވެ.

ބެނިންގެ ވެރިކަމާ ސިފައިން ހަވާލުވިކަން އިއުލާނުކޮށްފައިވަނީ، އެޤައުމުގެ އަސްކަރިއްޔާގެ ލެފްޓިނެންޓް ކާނަލް ޕަސްކަލް ޓިގްރީ އިސްވެ ހުންނަވައިގެން ހިންގި ހަރަކާތްތަކަށްފަހުއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް