ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 18 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 18 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ނާޡިމް އިބްރާހީމް ގެ މައްޗަށެވެ.
ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުން ނާޡިމް އިބްރާހީމް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ އޭނާ 18 އަހަރުދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.
މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، ކްރިމިނަލް ކޯޓުން މައްސަލައިގެ ރިޕޯޓް ވެބްސައިޓަށް އަޕްލޯޑްކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް