އެމްއެންޑީއެފް އަދިވެސް އޮތީ ޔެލޯ އެލާޓްގައި!
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އަދިވެސް އޮތީ އެލާޓް ސްޓޭޓަސް މަތިކޮށްފައިކަމަށް އެފަރާތުން ހާމަކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭގަނޑު ހަތަކުން ފެށިގެން އެމްއެންޑީއެފްއިން ވަނީ އެފަރާތުގެ އެލާޓް ސްޓޭޓަސް ޔެލޯ2އަށް މަތިކޮށްފައެވެ. އެ އެލާޓް ސްޓޭޓަސްއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވަނީ ޔަގީންކޮށްދެއްވާފައެވެ.
މީޑިޔާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ސިފައިންގެ އެލާޓް ލެވެލް މަތިކުރެވިފައިވަނީ އާދައިގެ ލެވަލަށްވުރެ އެއް ލެވެލް މައްޗަށް ކަމަށެވެ.
"މިއީ ފަހަރެއްގައި ވެސް ކަނޑަ އެޅިގެން ވަކި ނުރައްކަލެއް ނުވަތަ ތްރޭޓެއް އޮވެގެން އެޅިފިޔަވަޅެއްނޫން"، އާޒިމް ވިދާޅުވިއެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ އެލާޓް ސެްޓޭޓަސް މަތިކުރީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރުކުރުމަށްކަަމަށާއި އެގޮތުން އެއަރޕޯޓްތަކުގެ ސެކިއުރިޓީވެސް އިތުރަށް މަތިކުރެވިފައިވާނެކަމަށެވެ.
މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވި ގޮތުގައި ސިފައިންގެ އާންމު ހާލަތުން އެހެންހާލަތަކަށް ބަދަލުކުރުމަށް "އެލާޓް" ސްޓޭޓަސް މަތިކުރުމަށް ވަކި ދަރަޖަތަކެއް އަމަލުކުރުމަށް އޮވެއެވެ.
ޔެލޯ2އަކީ ޤައުމުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެކަމަށް ބެލެވުން ނުވަތަ އެފަދަ މަޢުލޫމާތެއް ލިބުމުން އަންނަ އެލާޓެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް