ހިޔާގެ ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓް ދީފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހިޔާގެ ކަރަންޓް ކެނޑުނު ޓަވަރުތަކަށް އަލުން ކަރަންޓް ދީފިއެވެ.
ހިޔާ ސަރަހައްދުގެ ރަތް ޓަބަރުތަކުންނާއި ނޫ ކުލައިގެ ޓަވަރުތަކުން މިރޭ ކަރަންޓް ކަނޑައިގެން ގޮސްފައިވަނީ 22:40 ހާއިރުއެވެ. ކަރަންޓް ކަނޑައިގެން ގޮސްފައިވަނީ ކަރަންޓް ދިނުމަށް ބޭނުންކުރާ ފޭޑަރަކަށް މައްސަލައެއް ދިމާވެގެންނެވެ.
މިކަމާ ގުޅޭގޮތުން ސްޓެލްކޯއިން ބުނީ، ފޭޑަރަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު ކަރަންޓް ކަނޑައިގެންދިޔަ ޓަވަރުތަކަށް އަލުން ކަރަންޓް ދީފައިވާކަމަށެވެ.
ހިޔާ ބައެއް ޓަވަރުތަކުގެ އިތުރުން އެމްޕީއެލް ޓަވަރުންވެސް މިރޭ ވަނީ ކަރަންޓް ކަނޑައިގެންގޮސްފައެވެ. ސްޓެލްކޯއިން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރާއި، ދިރާގު ބިލްޑިންގ ފިޔަވާ ކަރަންޓުގެ ހިދުމަތް ދިނުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް