އަހްމަދު ސޯލިހް އަލިދީދީ އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އަހްމަދު ސޯލިހް އަލިދީދީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ސޯލިހް އަލިދީދީ އަކީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މެންބަރުކަމާއި އައްޑު އަތޮޅު އަތޮޅުވެރިކަންވެސް ކުރައްވައި، ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތައުޒިޔާގެ މެސެޖުގައި ސޯލިހް އަލިދީދީ އަކީ ޚާއްޞަކޮށް އައްޑޫގެ ކުރިއެރުމަށާއި ތަރައްޤީއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަން ފާހަގަ ކުރެއްވި އެވެ. އަޙްމަދު ޞާލިޙް ޢަލިދީދީ އަވަހާރަވުމުގެ ހިތާމައިގައި، އައްޑޫގެ ލޮބުވެތި ރައްޔިތުންނަށާއި، އެ ޢާއިލާއަށް ނުހަނު އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާ ކަމުގައި ވިދާޅުވި އެވެ.
އަދި އަލްމަރްޙޫމް އަޙްމަދު ޞާލިޙް ޢަލިދީދީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރު ކުރެއްވުން އެދި ދުއާކުރައްވާފައިވެ އެވެ.
އަޙްމަދު ޞާލިޙް ޢަލިދީދީ ވަނީ ދިވެހި ދައުލަތަށް 45 އަހަރު ހިދުމަތް ކުރައްވާފަ އެވެ. ޚިދުމަތުން ވަކިވެވަޑައިގެންނެވީ 2009 ވަނަ އަހަރު އެވެ.
އޭނާ އަކީ އައްޑޫގެ އެންމެ ޚިދުމަތްތެރި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް