ސޫދާނުގައި ހުންނަ ޔޫއޭއީގެ ސަފީރުގެ ގެކޮޅަށް ދިން ހަމަލާ ރާއްޖެެއިން ކުށްވެރިކޮށްފި
ސޫދާނުގައި ހުންނަ ޔޫއޭއީގެ ސަފީރުގެ ގެކޮޅަށް ދިން ހަމަލާ ރާއްޖެެއިން ކުށްވެރިކޮށްފިއެވެ.
މިކަމާއި ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ، ސޫދާންގެ ވެރިރަށް ޚަރްތޫމްގައި ހުންނަ ޔޫއޭއީގެ ސަފީރު ދިރިއުޅުއްވާ ގެކޮޅަށް ދިން ރަހުމުކުޑަ ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށެވެ.
މިއަމަލަކީ ވިއެނާ ކޮންވެންޝަނާއި ބައިނަލްއަގުވާމީ އެހެން ގާނޫނުތަކާއިވެސް ކަނޑައެޅިގެން ހިލާފު އަމަލެއްކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުންވެސް ސަރުކާރުން، ބައިނަލްއަގުވާމީ މުއާހަދާތަކުަން ޑިޕްލޮމެޓިކް ތަންތަނަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރުކުރުން މުހިއްމުކަން ފާހަގަކުރައްވައި ވިދާޅުވީ، މިދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ޔޫއޭއީގެ ރައްޔިތުންނާއެކުގައި ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް