ބިންހެލުމަކާއިއެކު އިންޑޮނޭޝިޔާއަށް ސުނާމީގެ އިންޒާރު
އިންޑޮނޭޝިޔާއަށް އައި ބާރުގަދަ ބިންހެލުމަކާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރެފިއެވެ.
މޮލައްކާ ކަނޑުގެ 24 ކިލޯމީޓަރު އަޑިން އައި އެ ބިންހެލުމަކީ، 7.1 މެގްނިޓިއުޑްގެ ބާރު ގަދަ ބިންހެލުމެއް ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ވަނީ ހާމަކޮށްފައެވެ.
ބިންހެލުމާއި ގުޅިގެން ބައެއް އިމާރާތްތަކަށް ލޮޅުން އެރި ނަމަވެސް އެއްވެސް މީހަކކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ސުނާމީގެ އިންޒާރާއިއެކު ބައެއް މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ފަށާފައި ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.
ރިންގް އޮފް ފަޔަރގައި އޮންނަ އިންޑޮނޭޝިޔާއަށް އާއްމުކޮށް ބިންހެލުން ތަޖުރިބާކުރަން ޖެހެއެވެ. ފަހުގެ ތާރީހެއްގައި އެގައުމަށް އެންމެ ބާރު ގަދަ ބިންހެލުމެއް އައިސްފައިވަނީ 2004 ވަނަ އަހަރުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް