އާރުޑީސީން ރަށްރަށުގެ ސައިޓްތަކަށް މުއައްޒަފުން ހޯދަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ރަށްތަކުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ މަސައްކަތްތައް ފެށުމަށް މުއައްޒަފުން ހޯދުމަށް އިއުލާނުކޮށްފިއެވެ
އާރުޑީސީން ވަނީ މިއަދުވެސް ދެ ރަށެއްގައި ގާއިމްކޮށްފައިވާ އާރުޑީސީގެ ސައިޓަށް މުއައްޒަފުން ހޯދުމަށް އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރ.އިނގުރައިދޫ އާއި މ.ނާލާފުއްޓެވެ. އިނގުރައިދޫ ސައިޓަށް 12 ދާއިރާއަކުން 35 ވަޒީފާ ވަނީ ހުޅުވާލާފައެވެ.
މީގެ އިތުރުން ނާލާފުށީ ސައިޓަށްވެސް އެކި ދާއިރާތަކުން 20 އަށްވުރެ ގިނަ މީހުން ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ.
ސަރުކާރުން ވަނީ ރ.އިނގުރައިދޫ މަގުތަކުގައި ތާޅުއެޅުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 56 މިލިއަން ރުފިޔާގެ އަގަކަށެވެ.
އާރުޑިސީން ގެންދަނީ، އަތޮޅޫތެރޭގެ ވަރަށް ގިނަ ރަށްތަކެއްގައި އުމްރާނީ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންނެވެ. މީގެ ތެރޭގައި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތާއި އެނޫންވެސް މަޝްރޫޢުތައް ހިމެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް