ކާޑްބޯޑް ފުލުހަކަށް ރިޝްވަތުދިނުމުން ހައްޔަރުކޮށްފި
ސްރީލަންކާގައި މަގުމަތީގައި ހުރި ކާޑްބޯޑް ފުލުހަކަށް ރިޝްވަތު ދޭން އުޅުމުން ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ދެ ޒުވާނަކު މަޖަލަކަށް ލަންކާގެ ވަވުނިޔާ ސަރަހައްދުގައި މިކަން ކޮށް، ވީޑިޔޯ އަޕްލޯޑްކުރުމުން ފުލުހުން ވަނީ އެފަރާތްތައް ހައްޔަރުކޮށްފައެވެ. ލަންކާގެ ފުލުހުން މައުލޫމާތު ދޭގޮތުގައި އެ ކާޑްބޯޑުން ހަދާފައިވާ ފުލުސް މީހާ މަގުގެ އަރިމަތީގައި ބަހައްޓާފައިވަނީ ބާރަށް ދުއްވުން ހުއްޓުވުމަށެވެ.
ހައްޔަރު ކުރެވުނު ދެ ޒުވާނުން މިހާރު ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާއިރު، މި ދެ ޒުވާނުންގެ މައްޗަށް ވަނީ ދައުލަތުގެ މުދަލަށް ގެއްލުން ދިނުމާއި އާންމުންގެ މެދުގައި ފުލުހުންނާއި މެދު ނުބައި ތަސައްވުރެއް އުފައްދަން އުޅުނު ކަމުގެ ތުހުމަތު ކޮށްފައެވެ.
މިކަމާއި ގުޅިގެން ސްރީލަންކާގެ ބައެއް ފަރާތްތަކުން ބުނީ މަޖަލަކަށް ކުރާ ކަންކަން ފުލުހުންނަށް ވަކިކުރަން ނޭނގުމަކީ ދެރަވާން ޖެހޭކަމެއް ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް