ބެލްކަންޏެއްގެ ބެރިއެއް ވެއްޓި ބަޔަކަށް އަނިޔާވެއްޖެ
މާލޭގެ ގެޔެއްގެ ބެލްކަނީގެ ބޭރަށްވާ ގޮތަށް އިންނަ ބެރިއެއް ވެއްޓި ބަޔަކަށް އަނިޔާވެއްޖެއެވެ.
ހ.ރުއްދޮށުގޭ ދެވަނަ ބުރީގެ ބެލްކަނީގެ ބެރި ވެއްްޓިގެން ފަސް ފަރާތަކަށް އަނިޔާވެފައިވެއެވެ. އަދި މި ބެރި ވެއްޓުމުގެ ސަބަބުން އެތަނުގެ ތިރީގައި ހުރި ސައިކަލްތަކަކަށްވެސް ވަނީ ގެއްލުންވެފައެވެ.
މި ހާދިސާގައި އަނިޔާވި ފަސްމީހުންގެ ތެރެއިން ދެމީހުން އަނިޔާވީ އެތަނުގެ ތިރީގައި ހުރި ސައިކަލްތަކެއްގައި އިށީނދެގެން ތިއްބައެވެ.
މިހާދިސާގައި އަނިޔާވި ފަރާތްތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ 19 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ ފިރިހެނެއްގެ އިތުރުން 26 އަހަރާއި 23 އަހަރުގެ ފިރިހެނެއް ކަމަށް އޭޑީކޭ އިން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް