ނިރުބަވެރި ޖަމާއަތްތައް ޕްރޮމޯޓްކުރާކަމަށްބުނެ މީހަކު ހައްޔަރުކޮށްފި
ނިރުބަވެރި ޖަމާއަތްތައް ޕްރޮމޯޓްކުރާ ކަމަށްބުނެ، ޓެރަރިޒަމްގެ އަމަލުތައް މަނާކުރުމުގެ ގާނޫނުގެ ދަށުން މީހަކު ހައްޔަރުކޮށްފިއެވެ.
މިއީ މި ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ހައްޔަރުކުރި ފުރަތަމަ މީހާއެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މުޖުތަމަޢުގެ ތެރޭގައި ބިރުވެރިކަން އުފެދޭގޮތަށް މީހުންގެ ފުރާނަޔަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލާ، ޓެރަރިސްޓް ޖަމާޢަތްތަކުގެ ނިޝާންތަކާއި ލިޔެކިޔުންތައް ސޯޝަލްމީޑީއާގައި ޕޯސްޓުކޮށް ހާމަކުރަމުންދިޔަ 27 އަހަރުގެ ފިރިހެނަކު މިރޭ ފުލުހުން ހައްޔަރުކޮށްފައިވާާކަމަށެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް