އިމިގްރޭޝަންގެ ދެ ވެރިޔަކު ސަސްޕެންޑްކޮށްފި
ސިވިލް ސާވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މޯލްޑިވްސް އިމިގްރޭޝަންގެ ދެ މުވައްޒަފަކު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، ގޭގައި މަޑުކުރަން އަންގައިފިއެވެ.
އެނގިފައިވާގޮތުގައި މި ދެ މުވައްޒަފުން ގޭގައި މަޑުކުރުމަށް އަންގާފައިވަނީ އެއްމަސްދުވަހުގެ މުއްދަތަކަށެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ ސަސްޕެންޑް ކުރެވުނު ދެފަރާތަކީ އެތަނުގެ ޒިންމާދާރު ވެރިޔާ އަދި އެސިސްޓެންޓް ކޮންޓްރޯލަރ ހާމިދު ފަތުހުﷲ އާއި، އެސިސްޓެންޓް ކޮންޓްރޯލަރ އަބްދުﷲ ވަހީދު ކަމަށެވެ.
މި ދެބޭފުޅުން ސަސްޕެންޑްކުރީ ކޮން މައްސަލައެއްގައިކަމެއް އެނގިފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް