ދ.އަތޮޅު ބަނޑިދޫގައި ތަރައްޤީކުރާ 50 ޓަނުގެ އައިސްޕްލާންޓުގެ ބިންގާ އަޅައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ދ.އަތޮޅު ބަނޑިދޫގައި ތަރައެްޤީކުރުމަށް ހަމަޖެހިފައިވާ 50 ޓަނުގެ އައިސްޕްލާންޓްގެ ބިންގާ މިއަދު އަޅައިފިއެވެ.
ބަނޑިދޫގައި ސަރުކާރުން ތަރައްޤީކުރަން ނިންމި އައިސްޕާލްޓްގެ ބިންގާ އަޅާފައިމިވަނީ ރައީސުލްޖުމްހޫރިއްޔާ މިއަދު އެރަށަށް ވަޑައިގަތުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
އައިސްޕްލާންޓްގެ ބިންގާ އަޅުއްވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް އެވެ. މިކަމުގައި މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލުބިމޯފް ބައިވެރިވަޑައިގަތެވެ.

ބަނޑިދޫގައި އައިސްޕްލާންޓް ތަރައްޤީކުރަނީ ސަރުކާރުގެ ހަރަދުގައެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ އެރަށުގައި ތަރައްޤީކުރާ އައިސްޕްލާންޓަކީ ދުވާލެއްގެ މައްޗަށް 30 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ޕްލާންޓެއް ކަމަށެވެ. މީގެ އިތުރުން މި ޕްލާންޓުގައި 50 ޓަނުގެ އައިސް ރައްކާކުރުމުގެ ޤާބިލުކަން ލިބިގެންވެއެވެ. މި މަޝްރޫޢު ނިންމުމަށް ދީފައިވަނީ 240 ދުވަހެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރާ އައިސްޕްލާންޓްތައް ދެ އަހަރުދުވަހުގެ ތެރޭގައި ނިންމާލެވޭ ވަރުވާނޭކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް