ރައީސުލްޖުމްހޫރިއްޔާ، މާލެ ރަށްވެހީންގެ ޖަމިއްޔާއާ ބައްދަލު ކުރައްވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލެ ރަށްވެހީންގެ ޖަމިއްޔާގެ އިސް މީހުންނާއި މެންބަރުންނާއި ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލު ކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގޭގަ އެވެ.

އެ ޖަމިއްޔާއިން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ މުލީއާގޭގައި އެ ޖަމިއްޔާ އާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރުފަޅު އަދި ރަސްމާލޭގެ ތަރައްގީ އާއި މެދު މުހިއްމު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.
މިއަދުގެ ބައްދަލްވުމުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރާއި މާލެ ސިޓީގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް