ސިޓީ ކައުންސިލް މެންބަރުންގެ މުސާރަ ބޮޑުކުރަން ނިންމައިފި
ސިޓީ ކައުންސިލްގެ މޭޔަރާއި މެންބަރުންގެ މުސާރަ އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފިއެވެ.
އެގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މިއަދުގެ ޖަލްސާއިން މިކަން ވަނީ ފާސްކޮށްފައެވެ.
ކައުންސިލްތަކުގެ މުސާރައާއި އިނާޔަތް ބޮޑު ކުރުމަށް ނިންމާފައި ވަނީ ސިޓީ ކައުންސިލްތަކުގެ ބާރުތައް އަލުން އިޔާދަ ކުރެއްވުމާ ގުޅިގެންނެވެ. މި ބައްދަލުވުމުގައި ސިޓީ ކައުންސިލްތަކުގެ މޭޔަރުންގެ މުސާރަ 30،000 ރުފިޔާއަށް އަދި ލިވިންގް އެލަވަންސް 10،000 ރުފިޔާއަށް ބޮޑު ކުރުމަށް ވަނީ ނިންމާފައެވެ.
އަދި ޑެޕިއުޓީ މޭޔަރުގެ މުސާރަ 27،000 ރުފިޔާއަށް އަދި ލިވިންގް އެލަވަންސް 8000 ރުފިޔާއަށް ބޮޑު ކުރުމަށް ވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ސިޓީ ކައުންސިލް މެންބަރުންގެ މުސާރަ 24،000 ރުފިޔާއަށް އަދި ލިވިންގް އެލަވަން 6000 ރުފިޔާއަށް ބޮޑު ކުރުމަށް މި ބައްދަލުވުމުގައި ނިންމާފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް