N/A
N/A
ހަބަރު 21 Nov 2019 | 05:51

ނަޝީދަކީ ރާއްޖެއަށް ލާދީނީ ކަންކަން ފެތުރުމަށް ރައީސް ސޯލިހު ބޭނުންކުރާ ޓޫލްއެއް: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ރާއްޖެއަށް ލާދީނީ ކަންކަން ފެތުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބޭނުންކުރާ ޓޫލްއެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ޖަމުއިއްޔަތުއް ސަލަފް އުވާލުމަށްޓަކައި ރައްޔިތުންގެ މަޖިލިހުން ކުރަމުންދާ މަސައްކަތްތައް ކުށްވެރިކޮށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި ޝިއާރު އުފުލާ، ގައުމުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ސަލަފް ޖަމްއިއްޔާ އިން މަސައްކަތް ކުރާތީ އެކަން ހަޖަމް ނުވެގެން އެ ޖަމްޢިއްޔާއަކީ ނިރުބަވެރިކަމަށް ވާގިވެރިވާ ބައެއްކަމަށް، ނިންނީ ސާބިތު އެއްވެސް ހެއްކެތް ނެތި ކަމަށެވެ.

ސަލަފާ ގުޅޭގޮތުން ސާބިތު ހެއްކެތްނެތި ރައީސް ނަޝީދު ކުރައްވަމުންދާ ދޮގު ތުހުމަތުތައް ހުއްޓާލުމަށް ގޮވައިލައި ބަޔާނުގައި ބުނީ، ދީނީ ޖަމާޢަތްތަކަށް ހުރަސްއެޅުމަކީ މިއަދު އެމްޑީޕީގެ އެޖެންޑާއެއް ކަމަށެވެ.

ސަލަފް ޖަމްޢިއްޔާއާ ގުޅޭގޮތުން ނަޝީދު ހެއްދެވީ، އާދަކާދައިގެ މަތިން، ބޮޑެތި ދޮގުތަކެއްކަން މިހާރުވެސް ފަޅާއަރާ ސާބިތުވެފައިވާހިނދު، ނަޝީދަކީ، ވަކި ސިޔާސީ މަޤްސަދެއް ޙާޞިލް ކުރައްވަން މިފަދަ ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުއްވުމުގެ ދެވަނައެއް ނެތްފަދަ ނަމޫނާއެއް ކަމަށް ތާރީހު ހެކިދޭ ކަމަށް ވެސް ބަޔާނުުގައި ވެއެވެ.

'' ރައީސް ނަޝީދަކީ ލާދީނީ ކަންކަން ފެތުރުމަށް ރައީސް ސޯލިހު ބޭނުންކުރާ ޓޫލްއެއް ކަމުގައި މި ކޯލިޝަނުން ދެކެމެވެ. މިކަންކަމާ ދެކޮޅަށް ރައީސް ސޯލިހަށް އެއްޗެއް ބުނަން ކެރިވަޑައިނުގަންނަވާތީ މި ކޯލިޝަނުން ނިހާޔަތަށް ކަންބޮޑުވަމެވެ. ސަރުކާރާއި މަޖިލިސް ލިބިފައި އޮތުމަކީ ރައްޔިތުންގެ ނުރުހުމުގައި ކަންކަންކުރަން އަދި ޤާނޫނު އަސާސީއާއި ޤާނޫނުުތައް މުގުރަން އެމްޑީޕީއަށް އޮތް ފުރުސަތެއް ނޫންކަންވެސް އަންގަމެވެ.'' އިދިކޮޅުން ނެރުނު ބަޔާނުގައި ވެއެވެ.

ހަމައެއާއެކު ޝައިހު އިމްރާން ޢަބްދުﷲއާއި ޢަދާލަތު ޕާޓީ މި ސަރުކާރުގެ ތެރޭގައި އޮވެ، އެކަމަށް ވާގިވެރިވެދޭކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށްވެސް ބަޔާނުގައި ވެއެވެ.

ސަލަފް ޖަމްޢިއްޔާގެ ފަހަތުގައި މި ސަރުކާރުން އަޅުވާލުމަކީ، ޝަރުޢީ ނިޒާމް ފުނޑާލުމުގެ އަޑު ބޭރު ދުނިޔޭގައި ފެތުރެން ފެށުމުން ބައިނަލްއަޤްވާމީ ސަޕޯޓް ގެއްލިދާނެ ކަމުގެ ބިރުހީވެގެން އެފަރާތްތައް ރުއްސުމަށްޓަކައި ޖަހާލި މޮޅު ސްޓަންޓެއް ކަމަށް ވެސް އިދިކޮޅުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...