ކާނާ ވިހަވި, އައްޑޫ ޕޮލިސް ކޮލެޖުގެ 5 ދަރިވަރުން އައިސީޔޫގައި، އެކަކުގެ ހާލު ސީރިއަސް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޕޮލިސް ކޮލެޖުގެ ކާނާވިހަވެގެން އެޑްމިޓްކުރި ފަސް ދަރިވަރަކަށް އައިސިޔޫގައި ފަރުވާދެމުންދާ ކަމަށާއި، އެއް ދަރިވަރެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، ކާނާ ވިހަވެގެން 32 ދަރިވަރުން ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައިވާ ކަމަށެވެ.
ފަސް ދަރިވަރަކު ވަނީ އައިސީޔޫގައި އެޑްމިޓް ކުރެވިފައި. އެއް ދަރިވަރުގެ ހާލު ސީރިއަސް
މީޑިއާ އޮފިޝަލް
މީގެ ކުރިން ފުލުހުން ބުނެފައުވާ ގޮތުން ބައެއް ދަރިވަރުން ވަނީ ހޮސްޕިޓަލުން ދޫވެސް ކޮށްލާފައެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ކާނާ ވިހަވެފައިވަނީ ކޮން އެއްޗެއް ކޮން އިރަކު ކައިގެންކަން ފުލުހުން ހާމަކޮށްފައި ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް