ވަގުތު ނޫހުގައި ޖެހި ކޮމެންޓެއްގެ އައިޕީ އެޑްރެސް ހޯދަން ކޯޓު އަމުރެއް ނެރެފި
ވަގުތު ނޫޙުގައި ޝާއިއުކުރި ހަބަރަކަށް މަރުގެ އިންޒަރުދީ ކޮމެންޓް ކުރި އައިޕީ އެޑްރެސް ހޯދުމަށް ކުރިމިނަލް ކޯޓުން އަމުރު ނެރެފިއެވެ.
ވަގުތު ނޫހުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނީ "ސަލަފް ޖަމާއަތުން ޓެރަރިޒަމަށް ހިތްވަރުދޭ، އެ ޖަމާއަތާ މެދު ގޮތެއް ނިންމާނެ: ނަޝީދު" މި ސުރުހީގައި އިއްޔެ ލިޔެފައިވާ ހަބަރަކަށް ކޮމެންޓްކުރި މީހެއްގެ އައިޕީ އެޑްރެހާއި އެއާ ބެހޭ އެންމެހާ މައުލޫމާތު ފުލުހުންނަށް ދިނުމަށެވެ.
މިއަދު މެންދުރު ނެރުނު އެއަމުރު ލިބޭތާ 48 ގަޑިއިރު ތެރޭ އެ މައުލޫމާތު ދިނުމަށްވެސް "ވަގުތު"ގެ މައްޗަށް އަމުރުކޮށްފައި ވެއެވެ. ވަގުތު ނޫހުގައިވާ ގޮތުން، އެ އަމުރު މިހާރު ވަނީ ނޫހާ ހަވާލުކޮށްފަ އެވެ.
ނަޝީދު ވިދާޅުވީ ސަލަފް ޖަމާއަތުން ޓެރެރިޒަމަށް ވާގިދޭ ކަމަށް ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީގެ ސަބް ކޮމެޓީން އެކުލަވާލާފައިވާ ރިޕޯޓެއްގައި ބުނެފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ ގޮތުން މަޖިލީހުން ފެންނަ ގޮތެއް އެ ކޮމެޓީން ބަލަން ބޭނުންވާ ކަމަށް ކޮމެޓީން ރިޔާސަތަށް އަންގާފައިވާ ކަން ނަޝީދު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް