ޕީޖީ އޮފީހުގެ އާ ލޯގޯ، ހަރުދަނާ އަދުލުގެ ނިޒާމަކަށް ފަސްނުޖެހޭނެ ކަމުގެ ރަމްޒެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހުގެ އާ ލޯގޯ އިފްތިތާހު ކޮށްފި އެވެ.
ޕީޖީ އޮފީހުން ވަނީ އެ އޮފީހުގެ އާ ލޯގޯ އިފްތިތާހުކޮށް އާންމު ކޮށްފަ އެވެ.
އެ އޮފީހުން ބުނީ އާ ލޯގޯ އިން ރަމްޒުކޮށް ދެނީ ނަޒާހަތްތެރިކަމާއި، އިންސާފުވެރިކަމާއި، ހަރުދަނާ އަދުލުގެ ނިޒާމަކަށް ފަސްނުޖެހޭ ހިދުމަތްތެރިކަމެއް ކަމަށެވެ.
ޕީޖީ އޮފީހުގެ ކުރީގެ ލޯގޯ އަކީ ތިލަފަތެއް ރަމްޒުކޮށްދޭ ލޯގޯ އެކެވެ. ނަމަވެސް މި ފަހަރުގެ ލޯގޯގައި ތިލަފަތުގެ ބަދަލުގައި ވަނީ ދިވެހިވަންތަ ކުރެހުމެެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް