ބްރިޖުން މޫދަށް ވެއްޓުނު މީހަކު ފުލުހުން ސަލާމަތްކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލޭ ހިތިގަސްމަގާ ދިމާ ބްރިޖުން ރޭ ފަތިހު މޫދަށް ވެއްޓުނު މީހަކު ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ފަތިހު 5:42 ހާއިރު ކަމަށެވެ.
އަދި މިރިޕޯޓު ލިބުމާއި ގުޅިގެން ފުލުހުން އެތަނަށް ގޮސް އެމީހާ ނެގުމަށްފަހު 6:13 ހާއިރު އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެމީހާގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން މައުލޫމާތުދެއެވެ.
މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް