އަލިފާން ނިއްވަން އުޅުނު ތިން ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާދެނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލޭގައި ހުންނަ އެންސިސް ފިޝަރީޒްގެ ގުދަނުގައި ރޭ ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރަމުގެ މަސައްކަތުގައި އުޅުނު ތިން ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ، އެ ތިން ފުލުހުންނަށް ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށާ، ރެއިން ފެށިގެން އެ މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.
އަދި އެ މީހުންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

ހުޅުމާލެ ފޭސް އެކެއްގައި ހުންނަ އެންސިސް ގުދަނުގައި ރޯވެފައިވަނީ ރޭ އިރާކޮޅުގައެވެ. އަލިފާންގަނޑު ނިއްވާލެވުނީ ރޯވިތާ 3 ގަޑިއިރަށްވުރެވެސް ފަހުންނެވެ.
އެ އަލިފާނުގެ ހާދިސާއާ ގުޅިގެން މު އެ ސަރަހައްދަށް ވަރަށް ބޮޑަށް ދުމުގެ އަސަރު ކުރިއެވެ. އެހެން ކަމުން އެ ސަރަހައްދަށް ނުދިޔުމަށްވެސް ފުލުހުން ދިޔައީ އާއްމުންނަށް އަންގަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް