އެޗްއާރްސީއެމަށް ކުރީގެ ވަޒީރު ރަމީލާ އައްޔަނުކުރަން މަޖިލީހުން ރުހުންދީފި
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް ކުރީގެ ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
އެޗްއާރްސީއެމްގެ މެންބަރު ކަމަށް ރަމީލާ އައްޔަނުކުރުމަށް މަޖިލީހަށް އެނަން ފޮނުއްވީ މި މަހުގެ ކުރީކޮޅެވެ. އެގޮތުން މިއަދުގެ މަޖިލީހުގައި އެ މަގާމަށް ރަމީލާ އައްޔަނުކުރަން ރުހުން ދިނުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުން އިއްތިފާގުވެފައިވެއެވެ.
އެ ކޮމިޝަނަށް އައްޔަނުކުރުމަށް ރަމީލާގެ ނަން މަޖިލީހަށް ފޮނުވައިފައިވަނީ އެ ކޮމިޝަނުގެ ރައީސްކަމުގައި ހުންނެވި މަރްޔަމް މުނާގެ ދައުރު މި މަހުގެ 30 އަށް ހަމަވާތީއެވެ.
ރަމީލާ އަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރެވެ. އެހެން ނަމަވެސް ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރަމީލާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް