އިންޑިއާގެ ކޮޗިން
އިންޑިއާގެ ކޮޗިން
ރިޕޯޓް 02 Jul 2025 | 09:01

ބައްޕަގެ މުހިންމު އޮޕަރޭޝަނަކަށް ނަޒޫ އިންޑިއާގައި، 2000 ޑޮލަރު ވަގަށް ނަަގަައިގެން ފިލި މެއިޑް ހައްޔަރު

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް, ބައްޕަ ގޮވައިގެން އިންޑިއާގެ ކޮޗިންއަށް ދިޔައީ ބައްޕަގެ ވަރަށް މުހިންމު އޮޕަރޭޝަނަކަށެވެ. މިހާރު އިންޑިއާގައި ތިބޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެއީ ކަންދިމާކުރި ގޮތުން އޮޕަރޭޝަން ނުކުރެވި ދިގުލައިގެން ދިއުމުންނެވެ.

އިންޑިއާއަށް ފުރުމުގެ ކުރީން ބައްޕަގެ ކަންކަމުގައި އާއިލާއަށް އެހީތެރިވުމަށް ގޭގައި ގެންގުޅެން ނޭޕާލްގެ މީހަކު ގެނައެވެ. އޭނާ ގެނައީ ވަޒީފާާއަކަށް އެދި ތަކުރާރުކޮށް އާދޭސް ކުރުމުންނެވެ. އޭނާގެ ނިކަމެތި ހާލަތު ކިޔައިދިނުމުން އެކަމަށް ހަމްދަރުދީ ވުމުގެ ގޮތުންވެސް މެ އެވެ. އެހެން ކަމުން އެ މީހާ ރާއްޖެ ގެނެސް އޭނާއަށް ބޭނުންވާ ހުރިހާ އެއްޗެއް ނަޒޫ ހޯދައިދިނެވެ. އަދި ދެ މަހުގެ މުސާރަ އެޑްވާސްކޮށް ދިނެވެ. އެއީ އެ މީހާ ކިޔައިދިން ވާހަކަތަކުން އޭނާގެ ހާލަތަށް ހަމްދަރުދީވެ އެހީތެރިވުމުގެ ގޮތުންނެވެ.

"ވޮއިސް" އާ ވާހަކަ ދައްކަމުން ނަޒޫ ބުނި ގޮތުގައި މި ފަހަރު އިންޑިއާއަށް ދިޔައީވެސް ނޭޕާލްގެ އެ ފިރިހެން މީހާ ގޮވައިގެންނެވެ. އޭނާ ގެންދިޔަ ނަމަވެސް ބައްޕަގެ ކައިރީ ހޮސްޕިޓަލްގައި ކޮންމެ ރެއަކު ޑިއުޓީ ކުރަނީ ނަޒޫއާ އޭނާގެ ދައްތަ އަންޖު އެވެ. ނަޒޫއާ ބައްޕައާ އޮންނަނީ ވަރަށް ޚާއްސަ ގާތް ގުޅުމެކެވެ. ބައްޕައަކާ ދަރިއަކާ ދޭތެރޭ އޮންނަން ޖެހޭ އެންމެ މަތިވެރި ގުޅުން އެދެބަފައިންގެ ކިބައިން ފެނެ އެވެ.

ނަޒޫ ބުނި ގޮތުގައި ބިދޭސީ މެއިޑް މީހާ ފެންވަރާއި ރީތިވެ ހެދުމަށް އަދި އަރާމް ކުރުމަށް އެ މީހުން ހިފާފައި ހުންނަ އެޕާޓްމަންޓަށް ފޮނުވަ އެވެ. ނަމަވެސް ފަހު ރޭ ފޮނުވި ފަހުން ދެން ހަބަރެއް ނުވި އެވެ. ތަކުރާރުކޮށް ގުޅުމުން ފޯނަށް ޖަވާބެއް ވެސް ނުދެ އެވެ. އެހެން ކަމުން އިމާރާތުގެ ސީސީޓީވީ ފްޓޭޖް ބެލި އެވެ.

"ސީސީޓީވީ ފްޓޭޖް ބެލުމުން މި ފެންނަނީ ހަމަޖެހިލައިގެން ފިލާތަން. އަޅުގަނޑުމެން މިކޮޅަށް ގެނައި ވަރަށް ގިނަ އަދަދެއްގެ ފައިސާވެސް ވަގަާށް ގެންދިޔަ. ފަހުން ބެލިއިރު ޔަގީން ކުރެވުނު 2000 ޑޮލަރު މަދުކަން. އަދި ހަތެއް ނޫނީ ދިހަ ވަރަކަށް ހާސް ރުޕީސްވެސް ގެންދިޔަ,"

ނަޒޫއަށް މަރުގެ އިންޒާރު, މައްސަލަ ފުލުހަށް

ނަޒޫ ބުނީ އެގޮތަށް އެ މީހާ ކަންކުރުމުން އޭނާާއާ މުއާމަލާތް ކުރަން ވަަރަށް މަސައްކަތް ކުރި ކަމަށެވެ. އެއީ އެ މީހާ ކުރީން ދެއްކި ވާހަކަތަކުން އޭނާއާ މެދު ހަމްދަރުދީ އޮތުމުންނެވެ.

ނަމަވެސް އޭނާގެ ފަރާތުން އެއްވެސް އެދެވޭ ޖަވާބެއް ނުލިބުނު ކަމަށެވެ. އޭގެ ބަދަލުގައި އޭނާގެ ފަރާތުން ދެން ވެސް ފެނުނީ ގަބޫލު ކުރަން ދަތި ކަަންތައްތަކެކެވެ. އެންމެ ފަހުން ނަޒޫއަށް އެ މީހާ މަރުގެ އިންޒާރުވެސް ދިނެވެ. ބިރު ދައްކާ ހެދި އެވެ.

އެހެން ކަމުން އެ މައްސަލަ އިންޑިއާގެ ފުލުހުންގެ ސަމާލު ކަަމަށް ގެނަ އެވެ.

އިންޑިއާ ފުލުހުން ވަރަށް ހުޝިޔާރު, ފިރިހެން މީހާ ހައްޔަރު

މައްސަލަ ފުލުހަށް ހުށައެޅުމާއެކު ނޭޕާލް މީހާ ހޯދުމަށް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ފެށި އެވެ. އެ މީހާގެ ފޯނުގެ ލޮކޭޝަން ބަލައިގެން ހޯދާ ހައްޔަރު ކުރި އެވެ.

އޭރު އޭނާާ ހުރީ ކުރީން ވެސް އޭނާ ވަޒީފާ އަދާކުރި ހޮޓަލެއްގަ އެވެ.

ނަޒޫ ވަނީ މި މައްސަލާގައި އިންޑިއާ ފުލުހުންގެ ފަރާތުން ފެނުނު ޕްރޮފެޝަނަލް ކަމާއި ފުލުުހުންގެ އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ.

އެ މީހާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަސްޓޯޑިއަލް ޖަލެއްގަ އެވެ. އޭނާ މިހާރު ވަނީ ކުށަށް އިއުތިރާފުވެސް ވެފަ އެވެ. ވަގަށް ނެގި ފައިސާ އިން ބައެއް ބޭނުންކުރި ކަމާއި އަނެއް ބައި ފައިސާ ނޭޕާލަށް ފޮނުވާާފައިވާ ކަމަށް ވެސް އެއްބަސްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
11 Oct 2026 ދުނިޔެ

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި

ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ އެއާލައިންގެ ފްލައިޓެއްގައި ފަސިންޖަރެއްގެ ޕަވާ ބޭންކެއްގައި ވައިގެ ތެރޭގައި ރޯވުމާ ގުޅިގެން، ހައިދްރާބާދުގެ ރާޖީވް ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ކުއްލި ހާ...

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި
11 Oct 2026 ދުނިޔެ

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި

އިންޑިއާ އާއި އެފްރިކާ ޤައުމުތަކާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރު އެފްރިކާގެ ތިން ޤައުމަކަށް ކުރެއްވި ރަސްމީ ދަތުރ...

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
11 Oct 2026 ދުނިޔެ

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި

ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ތިން ލީޑަރުން ކަމަށްވާ ދިޕްކޭ އާއި އެ ޕާޓީގެ 2 ތަރުޖަމާނުން ދޫކޮށްލުމަށް ނިއުދިއްލީގެ ކޯޓުން އަމުރުކޮށްފިއެވެ. މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއ...

ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
10 Oct 2026 ދުނިޔެ

ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ތުޝާރު ގާންދީ، މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައި ސީޖޭޕީގެ  މުޒާހަރާއަށް ދިޔަމަގުމަތީގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެ...

ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
10 Oct 2026 ދުނިޔެ

ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރާ ދެކޮޅަށް ދިއްލީގެ ޖަންތަރު މަންތަރުގައި ބާއްވަން ރޭވި މުޒާހަރާގައި ބައިވެރިވުމަށް ދަތުރުކުރި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ލީޑަރު، އަބީޖީތު ދިޕްކޭ އާއި އެ ޕާޓީ...

ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
08 Oct 2026 ދުނިޔެ

ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި

އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު، އެފްރިކާ ބައްރުގެ ތިން ގައުމު ކަމަށްވާ ގާނާ، އައިވަރީ ކޯސްޓް އަދި އިތިއޯޕިއާއަށް ކުރައްވާ ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ. އިންޑިއާގެ...