މަހުދީގެ މޫނު ދެއްކުމާއި ޖަނާޒާ މިރޭ އިސްލާމީ މަރުކަޒުގައި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މިއަދު ނިޔާވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ މޫނު ދެއްކުމާއި ޖަނާޒާ މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ނިންމައިފި އެވެ.
މަހުދީ ނިޔާވީ ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ޑައިވްކުރަނިކޮށް ހާލުދެރަވެ ފަރުވާ ދެނިކޮށެވެ.
މއ. ޖަންބުގަސްދޮށުގޭ އުމުރުން 43 އަހަރުގެ މުޙައްމަދު މަހުދީގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިރޭ 10:00 ޖަހާއިރު އިސްލާމީ މަރުކަޒުގަ އެވެ.
އަދި އިރުއޮއްސި 7:00 އިން ފެށިގެން މަރުހޫމްގެ މޫނު ދެއްކުން އިސްލާމީ މަރުކަޒުގައި އޮންނާނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް