އިސްރާއީލުގައި ނަތަންޔާހޫއާ ދެކޮޅަށް ޤައުމީ ހަޅުތާލެއް ބާއްވަނީ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އިސްރާއީލުގެ އެކި ސަރަހައްދުތަކުގައި މާދަމާ ޤައުމީ ހަޅުތާލެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ހަޅުތާލަކީ ޣައްޒާގައި ހައްޔަރުކޮށްފައި ތިބި އިސްރާއީލް ރަހީނުން އަނބުރާ ގެނައުމަށް ގޮވާލައި ކުރިއަށްގެންދަން ނިންމާފައިވާ ހަޅުތާލެކެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ހަޅުތާލުގައި ސްކޫލްތަކާއި، ބެން ގުރިއަން އެއަރޕޯޓް، ސަރުކާރުގެ އޮފީސްތަކާއި، އާންމު ދަތުރުފަތުރުގެ ނިޒާމާއި، ލޯކަލް އޮތޯރިޓީތަކާއި، ބޮޑެތި ޝޮޕިންގ މޯލްތަކާއި ރެސްޓޯރަންޓްތައް ބައިވެރިވާނެއެވެ.
ހިސްޓަޑްރޫޓް ލޭބަރ ފެޑެރޭޝަންގެ އިސްވެރިޔާ އާނަން ބާ ޑޭވިޑް ވިދާޅުވީ، ޣައްޒާގައި ހިފަހައްޓާފައިވާ އިސްރާއީލް ރަހީނުން ދޫކޮށްނުލާތީ އެކަމާ ގުޅިގެން މާދަމާ އާންމު ހަޅުތާލެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މި ހަޅުތާލު ފެށުމަށް ހަމަޖެހިފައިވަނީ އިސްރާއީލް ގަޑިން ހެނދުނު 6:00 ގައެވެ. މިހާރު ރޭވިފައިވާ ގޮތުން މިއީ އެއް ދުވަހުގެ ހަޅުތާލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ބާ ޑޭވިޑް ވިދާޅުވީ ހޯމަ ދުވަހުގެ ފަހުން އިތުރު ނިންމުންތައް ނިންމާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް