އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް ހުށައެޅޭނެ ހަދަނީ
އީމެއިލްގެ ޒަރިއްޔާއިން އޮންލައިން ޕޯޓަލްއެއްގެ އެހީގައި ޕާސްޕޯޓަށް ހުށައެޅޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފިއެވެ.
އިމިގްރޭޝަން އިން މިކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދުއެވެ.
އެބޭފުޅާ ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން އޮންލައިންކޮށް ޕާސްޕޯޓުގެ ހިދުމަތްތަކަށް އެދެވޭނެފަދަ އޮންލައިން ޕޯޓަލް އެއް ތައާރަފްކުރެވޭނެކަމަށާއި އަދި ކުރިއަށްއޮތް ދެ އަހަރު ތެރޭ އަތޮޅު ކައުންސިލް ތަކަށް ޕާސްޕޯޓުގެ ހިދްމަތް ފުޅާކުރެވިގެންދާނެކަމަށެވެ.
އަހުމަދު މުހައްމަދު އިތުރަށް ވިދާޅުވިގޮތުގައި މިހާރު ބިޒްނަސް ވިސާ ވެސް 48 ގަޑިއިރު ތެރޭ އެޕްރޫވްކުރެވެމުންދާކަމަށެވެ.
ހަމައެހެންމެ، ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އައްޑޫ ސިޓީ އިންވެސް މި ހިދްމަތް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"އަވަހަށް ހިދުމަތް ފޯރުކޮށް ދިނުމަށްޓަކައި އަންނަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ޕާޓްނާ އެޖެންސީ ތަކަށް ޕާސްޕޯޓު ސިސްޓަމަށް މައުލޫމާތު އެޅޭނެ" އޭނާ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް