އެމްޑީޕީގެ ދާއިރާތަކުގެ ބައި-އިލެކްޝަން ފެށިއްޖެ
އެމްޑީޕީގެ ދާއިރާތަކުގެ ބައި އިލެކްޝަންގެ ވޯޓުލުން ފަަށައިފިއެވެ.
މިއަދު މެންދުރުފަހު 14:00އިން ފެށިގެން އިރުއޮއްސި ހަޔެއް ޖެހުމާއި ހަަމައަށް ކުރިއަށްދާ މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ މާާލޭގައާއި ވޯޓުލާން ހަަމަޖެހިފައިވާ ރަށްރަށުގައި ހުރި އެމްޑީޕީގެ ހަރުގެތަކުގައެވެ.
އެގޮތުން މިއަދު ވޯޓުލައިގެން ހޮވުމަށް ހަމަޖެހިފައިވާ މަގާމުތަކަކީ ކ.ގުރައިދޫ ދާއިރާގެ ނައިބު ރައީސް އަދި ސެކްރެޓަރީ، ހެންވޭރު ހުޅަނގު ދާއިރާގެ ރައީސް، މައްޗަންގޯޅި އުތުރު ދާއިރާާގެ ރައީސް އަދި މައްޗަންގޯޅި ދެކުނު ދާއިރާާގެ ނައިބު ރައީސެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއަދު ބައި އިލެކްޝަން ބާއްވަން އޮތް ބައެއް މަގާމުތަކަށް އެންމެ ފަރާތެއް ހޮވުމުން، އެފަރާތްތައް ވަނީ ވޯޓުނެގުމަކާއި ނުލައި ހޮވިފައެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ އެމްޑީޕީގެ މެންބަރުންނަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް