N/A
N/A
ހަބަރު 25 Jul 2019 | 08:08

12 މެމްބަރުން ކޮބާ؟ މި ވެރިންނަށް ލިބުނީ ފެންކައްކާބޮލީގެ އިއްޒަތް!

03 ޖުލައި 2017 ވަނަ ދުވަހަކީ ރާއްޖޭގެ ސިޔާސީ މަސްރަޙް ސިއްސުވާލި ދުވަހެކެވެ. ރައީސް ޔާމިންގެ ބާރުގަދަ ވެރިކަމުގައި ވަރުގަދަ ރެނދެއް އެޅިގެން ދިޔަ ދުވަހެކެވެ. އިދިކޮޅު ހަރަކާތްތަކުގައި ވަރުބަލިވެ މާޔޫސްވެފައިތިބި އެތައްބަޔެއް އާރޯވެގެން ދިޔަ ދުވަހެކެވެ. "މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެންބަރުގެ ސޮޔާއެކު، ޕީޕީއެމްގެ 10 މެމްބަރުން ހިމެނޭހެން މަޖިލީހަށް ވެއްދި ވެއްދުން ވެގެން ދިޔައީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އާސިލްސިލާއެއް ފެށިގެން ދިޔަ ދުވަހަކަށެވެ.

12 މެމްބަރުންގެ ގޮނޑި ގެއްލިގެއްލިފައި ލިބިދާނެއެވެ. ލިބިފަ އިރު އަރާއިރު ގެއްލިދާނެއެވެ. ދަޢުވަތު ދީފައި މަޖިލީހަށް ދާއިރު މަޖިލީހަށް ވަނުން ހުއްޓުވައެވެ. 12 މެމްބަރުން ތިބީ މަގުމަތި ވެފައެވެ. ސިޔާސީ އޮއިވަރާއި މަސްރަޙް ބަދަލުވަމުން މިއަދު މިވަނީ މުޅި މަންޒަރު ބަދަލުވެފައެވެ.

ރައީސް ޔާމިންގެ ވަރުގަދަވެރިކަމުގައި ރެެނދުލައްވާލީ މި 12 މެންބަރުންކަމަށް ރައީސް ޔާމިންގެ އެތަކެއް ވާހަކަ ފުޅެއްގައި ވަރަށް އަސަރާއިއެކު ވަނީ ފާހަގަ ކޮށްފައެވެ. އަދި މި 12 މެމްބަރުން އެތައް ޕޯޑިޔަމް ތަކެއްގައި މިކަމަށް ފަހުރުވެރިވެ ވަނީ ވާހަކަ ދައްކާފައެވެ.

ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި އޭރުގެ އިދިކޮޅު ލީޑަރުންގެ މެދުގައި މި 12 މެންބަރުންނަކީ އެދުވަހު ބަތޮލުންނެވެ. ލީޑަރުންގެ ބަހުންނަމަ ރައީސް ޔާމިންގެ އަނިޔާވެރި ވެރިކަން ވައްޓާލުމަށް ކުރަމުން އައި ކޮންމެ ކަމެއް ފެއިލްވަމުން ފެއިލްވަމުން އައިސް ފެނުނު އުންމީދުގެ އަލިކޮޅަކީމި 12 މެމްބަރުންގެ ހިއްވަރާއި ކެރުމެވެ. ގަބޫލުކުރަންޖެހޭ ހަޤީގަތަކީ އޭރު ރައީސްޔާމިންގެ އަރިހުގައި ތިބެ، އިދިކޮޅާ ގުޅުން މެމްބަރުން ހަމަ ތިބެފަ ގުޅުނީ ނޫންކަމެވެ. އިދިކޮޅު އިތިހާދުގެ ލީޑަރުންނާއި އެއިރު ޤައުމު އިސްލާޙްކުރުމުގެ ނަމުގައި ނަގާކިޔަން ނިކުމެ ތިބި މީހުންގެ ބަހަށް އިތުބާރުކޮށް ޔަގީންކަން ލިބިގެން ރައީސްޔާމިން ދޫކޮށް ނިކުން ބަޔެއްކަމެވެ.

ސިޔާސީމަސްރަޙް ބަދަލުވަމުންގޮސް ރައީސް ޔާމިން ކުޑަކަކޫ ޖައްސުވާ ރައީސް ޔާމިންގެ ވެރިކަން ނިމުމަކަށް ގެނެސްފިއެވެ. މި 12 މެމްބަރުންގެ ތެރެއިން ބަޔަކު ޖަލުގައި ދުވަސްތަކެއް ހޭދަކޮށް ރާއްޖޭން ބޭރުގައި އަރުވާލެވިގެން ގިނަ މެމްބަރުންތަކެއް ތިއްބެވިއެވެ.

ވެރިކަން ނިމި ދެން ފެށިގެން އައީ މަޖިލިސް އިންތިހާބުގެ ދުވަސް ވަރެވެ. ދެން އިސާހިތަކު ގަދަވެގެން ދިޔައީ "ތަބަކާ ދެކޮޅު" މިއަޑުތަކެވެ. އިދިކޮޅު ސިޔާސީ ލީޑަރުންގެ ވާހަކަ ތަކުން ދޭހަވެގެން ދިޔައީ ވަކި ވަކި މެމްބަރުން ތަކަކާއި ޑީލް ހަދާފައިވާކަމަވެ. 12 މެމްބަރުންނަށް ޓިކެޓް ދޭން ވެފައިވާ ވައުދު ދަމަހައްޓާނެކަމަށް ރައީސް މައުމޫން ފަހުވަގުތާއި ހަމައަށް ދިޔައީ ބުނަމުންނެވެ.

މިމެމްބަރުން ރައީސް ނަޝީދާއި އަދި ލީޑަރުންނާއިވެސް މަސްވަރާކުރެވިގެން ދިޔަތަން ފެނުނެވެ. އެމްޑީޕީ އެއް ދާއިރާާ ފިޔަވާ ހުރިހާދާއިރާއަކަށް ވާދަކުރަން ނިންމުމާއި އެކު މި 12 މެމްބަރުންނަށް ދެމުންއައި ޔަޤީންކަމާއި ވަޢުދު ފެނައްދިޔަތަން ފެނިގެން ދިޔައެވެ. މަޖިލިސް އިންތިހާބު ނިމި ނަތީޖާ އިއުލާން ކުރެވިގެން ދިޔައިރު ފެނިގެން ދިޔައީ 12 މެމްބަރުންގެ ތެރެއިން ސައުދަށް އެކަނި ގޮނޑި ކާމިޔާބު ގެން ދިޔަތަނެވެ.

ވޮއިސް އާއި ވާހަކަދައްކަވަމުން މީގެތެރެއިން މެމްބަރަކު ވިދާޅުވިގޮތުގައި ރައީސް ޞާލިހާއި ސިޔާސީ ލީޑަރުންގެ ކިބައިން ފެނިގެން ދަނީ ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމާއި އިންތިހާބުގައި ސީދާ އިދިކޮޅަށް މަސައްކަތް ކުރައްވާފައި އެމެންބަރުން ބޭނުން ކޮށްލާލައިފާއި އެއްލާލައިފާކަމަށެވެ. މިލިބުނީ ފެންކައްކާ ބޮލީގެ އިއްޒަތްކަމަށާއި އެމްޑީޕީގައި ޓުވީޓު ކުރަން ތިބި ކުދިންނާ އިންތިހާބުން ބަލިވި މީހުން ގެންގޮސް ބޮޑެތި ވަޒީފާ ދިންއިރު އަޅުގަނޑުމެން މަތިން ހަނދާން ނައްތާލައިފި ކަމަށެވެ.

އިންތިހާބުގައި ނާކާމިޔާބުވި ސަބަބެއްކަމަށް ގިނަމެމްބަރުން ބުނަމުން ދިޔައީ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި ސީދާ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް މި 12 މެމްބަރުންނާއި ސިދާ ފާޅުގައި ދެކޮޅަށް ނުކުންނެވުން ކަމުގައެވެ. ބަޔެއް ދާއިރާތަކަށް މިބޭފުޅުންނާއި ދެކޮޅަށް ކެންޕޭންތަކުގައި ރައީސް ވަނީ ބައިވެރިވެ ޖަލްސާ ތަކުގައި ވާހަކަ ދައްކަވާފައެވެ.

މަޖިލިސް އިންތިހާބު ނިމި މިއަދުގެ ހާލަތަށް ބަލާއިރު މިހާރު ފެނިގެން ދާ މަންޒަރަކީ މި12 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން އަނެއްކާވެސް ކޮޅު ބަދަލުކޮށްލައިގެން އުޅޭ މަޒަރެވެ. ކުރީގެ ރައީސް ޔާމީންގެ ބަޔެއް ހަރަކާތް ތަކުން ބަޔެއް މެމްބަރުން ފެންނަމުން ދާއިރު ކުރިޔަށް އޮތްތާންގައި އިތުރު މެމްބަރުން ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...