ރައީސް ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް
ރިޕޯޓް 25 May 2024 | 13:45

މޫސުމީ ދަތިކަމުން ސަލާމަތްވުމަށް ދިވެހިރާއްޖެއަށް ދުނިޔޭގެ އެހީތެރިކަން ބޭނުންވޭ: ރައީސް ޑރ.މުޢިއްޒު

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތަކެއް ލިބޭ ޤައުމުތަކުގެ ތެރޭގައި ނުހިމެނި ނުދާނެ އެއް ޤައުމަކީ ދިވެހިރާއްޖެކަމާމެދު ޝައްކެއް ނެތެވެ. ކަންމިހެން އޮތުމާއެކު، މޫސުމީ ބަދަލުތަކުގެ ނުރައްކަލާ ކުރިމަތިލުމަށް، ދިވެހިރާއްޖެއަށް ދުނިޔޭގެ އެހީ ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

ދާދިފަހުން 'ދަ ގާޑިއަން' ގައި ޝާއިޢުކުރި ލިޔުމެއްގައި ވާގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ މި މައްސަލައާ ގުޅޭގޮތުން ވަރަށް ފުންކޮށް ވާހަކަދައްކަވާފައެވެ. އެގޮތުން، ރާއްޖޭގެ ޖަޒީރާ ރަށްތައް އަދު ހުރީ ކަނޑުގެ ލޮނުގަނޑުން އެންމެ މީޓަރެއް މަތީގައިކަމަށް ވީ ހިނދު، ކަނޑުގެ ލޮނުގަނޑު އުފުލިގެން ދިޔުމަކީ ޒަމާނުއްސުރެވެސް ދިވެހިރާއްޖެ ތަޙައްމަލު ކުރަމުންދާ ބޮޑު މައްސަލައެއްކަން، ރައީސް ޑރ.މުޢިއްޒު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވާ ގެއްލުންތަކަށް، ދިވެހިރާއްޖެއިން އެންމެ ފުރަތަމަ އަލިއަޅުވާލާފައިވަނީ 1989 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތަކުން ސަލާމަތްވާން ދުނިޔެއިން އެތައް ފިޔަވަޅެއް އަޅާފައިވިނަމަވެސް، މި ބޮޑު މައްސަލައާ ދެކޮޅަށް އަދިވެސް އެކަށީގެންވާ ބައިނަލްއަޤްވާމީ މާލީ ރައްދެއް ނުދެވޭކަމަށް ރައީސް ޑރ.މުޢިއްޒު ފާހަގަކުރައްވާފައި ވެއެވެ.

ދިވެހިރާއްޖެ ފަދަ ޖަޒީރާ، ކުދި ޤައުމުތަކުން ގޭސް ބޭރުކުރާ މިންވަރު އެހެން ޤައުމުތަކާ އަޅާ ބަލާއިރު ނުހަނު ކުޑައެވެ. އެގޮތުން ދުނިޔޭގެ ނިސްބަތުން ބަލާއިރު ދިވެހިރާއްޖެއިން ބޭރުކުރާ ގޭހުގެ އިންސައްތައަކީ 0.003% ކަން ފާހަގަކޮށްލެވެއެވެ. ދުނިޔެއަށް ބޭރުކުރާ ގޭހުގެ ޙިއްސާ ކިތަންމެ ކުޑަ ނަމަވެސް، އެކި ޤައުމުތަކުން ބޭރުކުރާ ވިހަ ގޭސްތަކުގެ ޝިކާރައަކަށް ވެ، މޫސުމީ ބަދަލުތަކުން އެންމެ ބޮޑު ގޮންޖެހުންތައް ކުރިމަތިވަނީވެސް ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކަށެވެ. އެހެންނަމަވެސް، 'ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް' (ކުރިއަރަމުންދާ ކުދި ޖަޒީރާތައް) (ސިޑްސް) އަށް ދިނުމަށް ކަނޑައަޅާފައިވަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ދޫކުރާ މާލީ އެހީގެ %14 އެވެ.

މިކަމަށް ފާޑުވިދާޅުވެ ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖެފަދަ ކުރިއަރަމުން އަންނަ ޤައުމަތަކަށް މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް އެހީވުމީ، މުއްސަނދި ޤައުމުތަކުގެ ޒިންމާއެއްކަމަށް ދެކޭ ކަމަށެވެ.

މީގެ އިތުރުން، ޤައުމުތަކުގެ މާލީ ފެންވަރު މިންކުރަން ގެންގުޅޭ 'ގްރޮސް ނޭޝަނަލް އިންކަމް' (ޖީއެންއައި) އާއި ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) ފަދަ މުސްކުޅި މާލީ ނިޒާމުތަކަށްވެސް ރައީސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެއެވެ. އަދި މި ނިޒާމުތަކުގެ ސަބަބުން ކުދި ޤައުމުތަކުގެ އިޤްތިސާދީ ޙަޤީގަތް އޮޅި، މި ޤައުމުތަކަށް ލިބެންޖެހޭ ފައިސާގެ އެހީގެ ފުރުސަތު ހަނިވެގެންދާކަން ރައީސް ޑރ.މުޢިއްޒު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ހަރުދަނާ ސިނާޢަތެއް އޮތުމުގެ ސަބަބުން، ދުނިޔޭގެ ނަޒަރުގައި ދިވެހިރާއްޖެ ގިންތި ކުރެވިފައި އޮތީ އިޤްތިޞާދީގޮތުން ބާރުދުވެއްޔެއްގައި ކުރިއަރަމުން އަންނަ ޤައުމެއްގެ ގޮތުގައި ކަމަށް ވާތީ، މާލީ އެހީތެރިކަން ހޯދުމަށް އެކިވަރުގެ ގޮންޖެހުންތަކާ ދިމާވެއެވެ. މިކަމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ފާހަގަ ކުރެއްވިގޮތުގައި ދުނިޔޭގެ މާލީ ނިޒާމުގައި، ފަންޑު ފޯރުކޮށްދޭ ގޮތާއި އިންޓަރެސްޓް ރޭޓާއި މޫސުމީ ބަދަލުތަކުގެ ނުރައްކަލުން ސަލާމަތްވުމަށް އެހީ ލިއްބައިދޭންޖެހޭ ޤައުމުތައް ގިންތިކުރާ ނިޒާމު އަލުން ވަޒަން ކުރަން ޖެހެއެވެ.

ރައީސް ޑރ.މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، %99 ފެނާއި %1 ބިމުން އެކުލެވޭ ދިވެހިރާއްޖެއަށް ފާޅުކަން ބޮޑުގޮތެއްގައި މޫސުމީ ބަދަލުތަކުގެ ގެއްލުން ދަނީ ކުރިމަތިވަމުންނެވެ. އެގޮތުން، ފިނިހޫނުމިން މަތިވުމާއި ގިނަގިނައިން ބާރުގަދަ ތޫފާންތަކާއި އެކިއެކި ކާރިސާތައް ކުރިމަތިވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މައްސަލަތަކާ ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކަށް ރައީސް ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން މޫސުމީ ބަދަލުތަކުން އަރައިގަނެވޭނެ ފަދަ ގޮތަކަށް ފަރުމާކުރެވިފައިވާ ހުޅުމާލެއާއި، ތިމާވެއްޓާއި ރަށްޓެހި ރަށެއްގެ ގޮތުގައި ހެދުމަށް ނިންމާފައިވާ ރަސްމާލެ ފަދަ މަޝްރޫއުތައް ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް މި މަޝްރޫއުތައް ސީދާ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކެއްގެ ގޮތުގައި ގިންތިނުކުރެވޭތީ، އެ މަޝްރޫޢުތަކަށް ފައިސާ ހޯދުމަށް ގޮންޖެހުންތަކާ ކުރިމަތިވެއެވެ.

ރައީސް ޑރ.މުޢިއްޒުވަނީ، ކުރިއަށް އޮތް، ސިޑްސް ޤައުމުތަކާ ބެހޭގޮތުން އދ. އިން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި މަލްޓިޑައިމަންޝަނަލް ވަލްނަރެބިލިޓީ އިންޑެކްސްއެއް ދުނިޔޭގެ ފެންވަރުގައި ތަޢާރަފްކުރަން ގޮވާލައްވަފައެވެ. މި އާ ފިޔަވަޅުގެ މަގުސަދަކީ ކުދި ޤައުމުތަކުގެ ހަގީގީ ނާޒުކުކަންތައްތައް ދައްކުވައިދީ، ޒަރޫރީ ވަސީލަތްތައް ލިބުން ރަނގަޅުކުރުމެވެ.

މޫސުމީ ދަތިކަމަށް ހައްލެއް ހޯދުމަކީ ކުދި ޤައުމުތަކުގެ 65 މިލިއަން ރައްޔިތުންނަށް ހަމަހަމަކަމާއި އިންސާފު ހޯދައިދިނުމަށް ކޮންމެހެންވެސް ކުރަންޖެހޭކަމެއް ކަމަށް ފާހަގަކުރައްވައި އެކި މުއައްސަސާތަކަށާއި ސަރުކާރުތަކަށް މި ގޮންޖެހުން ބަލައިގަތުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

މިއަހަރުގެ ސިޑްސް ކޮންފަރެންސް މިމަހުގެ 27 ވަނަ ދުވަހުން 30 ވަނަ ދުވަހުގެ ނިޔަލަށް ބާއްވަން ހަމަޖެހިފައިވާއިރު، މި ކޮންފަރެންސް ބާއްވަން ހަމަޖެހިފައިވަނީ "ރެސިލިއަންޓް ޕްރޮސްޕެރިޓީއާ ދިމާއަށް ކޯސް ޗާޓްކުރުން" މި ޝިއާރުގެ ދަށުންނެވެ. ސެއިންޓް ޖޯންސް، އެންޓިގޫއާ އަދި ބާބޫޑާގައި ބާއްވާ މި ކޮންފަރެންސްއަށް ދިވެހިރާއްޖޭގެ އިތުރުން އެހެނިހެންވެސް ކުދި ޤައުމުތަކުން ތައްޔާރުވަމުންދާއިރު، މި ޤައުމުތަކުން ބޭނުންވަނީ ހިލޭ އެހީގެ ބަދަލުގައި މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި އިންސާފުވެރިކަމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް: ރައީސް ޑރ.މުއިއްޒު
11 Oct 2026 ހަބަރު

އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް: ރައީސް ޑރ.މުއިއްޒު

އަންހެން ދަރިންނަށްޓަކައި މިއަދު ކުރާ އިންވެސްޓްމަންޓަކީ މުޅި މުޖުތަމައުގެ ފާގަތި މުސްތަގުބަލަކަށްޓަކައި ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވ...

ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
08 Oct 2026 ހަބަރު

ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް

އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާ އެކަމުގައި ރެއާއި ދުވާލު މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ ...

18 އަތޮޅެއްގައި "ސަރުކާރުގެ ހިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސް އުފައްދަވައިފި
08 Oct 2026 ހަބަރު

18 އަތޮޅެއްގައި "ސަރުކާރުގެ ހިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސް އުފައްދަވައިފި

ގައުމީ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް އިދާރީ ދާއިރާތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ރާއްޖޭގެ 18 އަތޮޅެއްގައި "ސަރުކާރުގެ ހިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސުލްޖުމް...

މަޑުޖެހިފައިހުރި މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
07 Oct 2026 ހަބަރު

މަޑުޖެހިފައިހުރި މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި މިނިސްޓަރުން ހިމެނޭ ގޮތަށް ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ރައީސް ޑރ. ...

ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
06 Oct 2026 ހަބަރު

ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް

ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެ...

މުދައްރިސުންގެ ބުރަ ކުޑަކޮށް، މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް ޑރ. މުޢިއްޒު
05 Oct 2026 ހަބަރު

މުދައްރިސުންގެ ބުރަ ކުޑަކޮށް، މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް ޑރ. މުޢިއްޒު

މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހ...