ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާ އެކަމުގައި ރެއާއި ދުވާލު މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ “ރައްޔިތުންގެ އަޑު” ސިލްސިލާގައި ވާހަކަ ދައްކަވަމުންނެވެ. ޓިމޫ ފަދަ އޮންލައިން ޕްލެޓްފޯމްތަކުން ވިޔަފާރި ކުރުމަށް މިހާރު ވަނީ ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. މިއީ މިފަދަ ކަމެެއް މިވަރަށް ކުރިމަތިވީ ފުރަތަމަ ފަހަރެވެ.
ރައީސާއި ބައްދަލުކުރި ފަރާތަކުން ވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ފާހަގަކޮށްފަ އެވެ. އެކަން ހައްލުކޮށްދޭން ވެސް އެދުނެވެ. އޭނާ ބުނީ އޭރުން ރައީސަށް އޮތް ތާއީދު ވަރަށް އިތުރުވާނެ ކަމަށެވެ.
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް