މާލޭގައި ގެއެއްގައި ރޯވެ ވަރަށް ބޮޑަށް އަނދައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލޭގައި ގެއެއްގައި ރޯވެ ވަރަށް ބޮޑަށް އަނދައިފި އެވެ.
އަލިފާނުގެ ހާދިސާ ހިނގީ މއ. ސިޓީވިލާގަ އެވެ. އެމްއެންޑީއެފުން ބުނީ އެ ގޭފައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯރޓް ލިބިފައިވަނީ ދަންވަރު 03:06 ހާއިރު ކަމަށް ވެސް ބުންޏެވެ.

އަލިފާން ނިއްވާލިއިރު ވަނީ ވަރަށް ބޮޑެތި ގެއްލުންވެފަ އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަމާަ ކެއުން ހަމަޖައްސައިދީފައިވާ ކަމަަަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް