ޝެންގަން ވިސާ ރާއްޖެއިން ޖެހޭނެ ދާއިމީ ގޮތެއް ހަމަޖައްސަނީ
އީޔޫގެ ގައުމުތަކަށް ދިއުމަށްޓަކައި ޖަހަންޖެހޭ ޝެންގަން ވިސާ ޖެހޭނެ ދާއިމީ ގޮތެއް ހަމަޖެއްސުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މަޝްވަރާކުރައްވައިފިއެވެ.
ޝާހިދު މި މަޝްވަަރާތައް ކުރައްވާފައިވަނީ ޖަރުމަންވިލާތަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ފޮރިން މިނިސްޓަރު ހެއިކޯ މާސްއާ އެކު ބޭއްވެވި ބައްދަލުވުމުގައެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި ދެގައުމުގެ މި ބައްދަލުވުމުގައި ޝެންގަން ވިސާގެ އޮފީހެއް މާލޭގައި ގާއިމްކުރުމުގެ އިތުރުން ދެގައުމުގެ މެދުގައި އިތުރަށް ބަދަހިކުރުމާއި މެދުވެސް ވަނީ ވާހަކަދައްކާފައެވެ.
މި ބައްދަލުވުމުގައި މާސްވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަކުރައްވައި މަރުހަބާ ވިދާޅުވެފައެވެ.
އަދި ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަ ކުރުމަށާއި އޮމާން ކަމާ އެކު އެއް ސަރުކާރުން އަނެއް ސަރުކާރަށް ބާރުތައް ބަދަލުކުރުމަށް ޖަރުމަނާއި ޔޫރަޕިއަން ޔޫނިއަނުން ދިން އެހީތެރިކަމަށް މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް