އިންނަމާދޫ ސްކޫލްގައި ބެލެނިވެރިންގެ ހިޔާއެއް ހުޅުވައިފިި
އިންމާދޫ ސްކޫލުގައި ބެލެނިވެރިންނާއި ދަރިވަރުން ވާރެއާއި ގަދައަވިން ސަލާމަތްކުރުމަށް ބެލެނިވެރިންގެ ހިޔާއެއް ހުޅުވައިފިއެވެ.
ރޭ އެ ސްކޫލުގައި އޮތް ރަަސްމިއްޔާތެއްގައި މިތަން އިފްތިތާހުކޮށްދެއްވީ އެރަށު ކައުންސިލްގެ ރައީސެވެ.
އެއްލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުވެގެން ކުރެވުނު މި މަސައްކަތަކީ ކޮންޓްރެކްޓް އުސޫލުން ބަޔަކާއި ހަވާލުކުރެވިގެން ނުވަމަސް ދުވަހުގެ ތެރޭގައި ތައްޔާރުކުރެވުނު ތަނެކެވެ.
މިތަނުގެ ގޮނޑިތަކަކީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދުގެ ހެޔޮއެދުންތަކާއި އެކު ބަހައްޓާފައިވާ ގޮނޑިތަކެކެވެ.

އިންނަމާދޫ ސްކޫލަކީ 1969 ވަނައަހަރުން ފެށިގެން ހިންގަމުން އަންނަ ސްކޫލެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް