ހެންވޭރު އުުތުުރުގެ އަސާސީ ހައްގުތައް ކަށަވަރު ކުރުމަށް ސަހާމަތު މަޖިލީހަށް!
އިހުގެ ސަރުކާރުތަކުން ރާއްޖެ ތަރައްގީ ކުރުމުގައި މާލެއަކީ ތަރައްގީގެ ނާރެސްކަމުގައި ވިސްނުމުގެ ނަތީޖާއަކަށްވެފައިވަނީ މާލޭއަކީ ތޮއްޖެހިފައިވާ ތަނަކަށް ވެގެންދިޔުމެވެ. ކޮތަރުކޮށިތަކެއް ފަދަ ގެތަކުގައި ފުރިހަމަ ނޭވާގެ އިހުސާސް ނުކުރެވި، ދަތިހާލުގައި ގިނަ ފަރާތްތަކުން އުޅެންޖެހުމެވެ. އަސާސީ ހައްގުތައް ފުރިހަމަ ކަމުގައިވިޔަސް، ފުރިހަމަ ނުވާ ހާލުގައި އުޅެން ޖެހުމެވެ. މިކަމުގައި ހެންވޭރު އުތުުރު ދާއިރާވެސް އިސްތިސްނާ ނުވެއެވެ.
ނަމަވެސް ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންގެ ނުފުދިހުރި އަސާސީ ހައްގުތައް ހޯދުމަށް މިނިވަން ކެނޑިޑޭޓަކު މިވަނީ މަޖިލީހަށް ކުރިމަތިލައްވާފައެވެ. އެ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ އަންހެން ކެނޑިޑޭޓަކީ ސަހާމަތު އަބްދުލްރަޝީދެވެ.
އިނގިރޭސިވިލާތުން އެކައުންޓިންގް އެންޑް ފައިނޭންސްގެ ދާއިރާއިން 2002 ވަނަ އަހަރު މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ސަހާމަތަކީ ގައުމަށް މެދުނުކެނޑި ޚިދުމަތްކުރެއްވުމުގައި ފަނަރަ އަހަރު ވޭތުކުރައްވާފައިވާ އަންހެން ކަނބަލެކެވެ. އެގޮތުން އެކަމަނާ ވަނީ އަމިއްލަ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މުހިންމު ވަޒީފާތަކެއް އަދާކުރައްވާ، އެތަންތަން ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
އެގޮތުން އެކަމަނާ އަކީ މިހާރުވެސް އެމްޑަބްލިޔުއެސްސީގެ ގަވަރނިންގް ބޯޑްގައި ހިމެނިވަޑައިގަންނަވާ ޑިރެކްޓަރެއްކަން ފާހަަގަކޮށްލެވެއެވެ.
ވޮއިސްއާއި ވާހަކަދައްކަވަމުން ސަހާމަތު ވަނީ އެކަމަނާ ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ގަސްދުކުރެއްވި ސަބަބުތައް ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުކުރަން ބޭނުންވާކަމަށް ސަހާމަތު ފާހަގަކުރެއްވިއެވެ. އަދި މުއްސަަނދިންގެ މަހުޖަނުކަން އިތުުރުކުރަން ބޭނުން ނުވާކަމަށް ސަހާމަތު ވިދާޅުވިއެވެ.
މީގެ އިތުރުން އެކަމަނާ ވަނީ އަދުލްއިންސާފު ގާއިމްކޮށް އަމާން ވެއްޓެއް ގާއިމްކުރަން ރައްޔިތުންނާއެކު ސާބިތުކަމާއި އެކު މަސައްކަތްކުރާނެކަަމުގެ ވައުުދުވެސް ވެވަޑައިގެންފައެވެ.
މާލެ ތޮއްޖެހުމުގެ މައްސަލަ ހެެންވޭރު އުތުރަށްވެސް ކުރިމަތިވެފައިވާކަން ސަހާމަތު ވަނީ ވޮއިސްއާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ. އެގޮތުން އަސާސީ ހިދުމަތްތަކުގެ އަގު ކުޑަކުރުމަށް ބާރުއަޅާ މަސައްކަތްކުރައްވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
"ބޯހިޔާވަހިކަން ހައްޤުވާ އެންމެހާ ރައްޔިތުންނަށފްލެޓް ކަޝަވަރުކުރަން ބާރު އަޅާނަން. އަޅުގަނޑު ގޮނޑިއެއް ނުވިއްކާނަން. ވޯޓެއް ނުވިއްކާނަން، ރައްޔިތުންނަށް އިޙްލާސްތެރިވާނަން"، ސަހާމަތު ފާހަގަކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް