އަލްހާން ފަހުމީ އޭސީީސީއަށް ހާޒިރުވާން އަންގައިފި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު އުތުރު ދާއިރާާއަށް ވާދަކުރައްވާ އަލްހާން ފަހުމީ، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވާން އަންގައިފިއެވެ.
ޖޭޕީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރައްވާ އަލްހާން ފަހުމީ އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ މިއަދު މެންދުރުފަހު 3 ޖަހާއިރުގައެވެ.
އަލްހާން ފަހުމީ އޭސީސީއަށް ހާޒިރުކުރެވޭ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ހިނދުގައި، ގާނޫނާއި ޚިލާފަށް ބޮޑެތި މުބާރާތްތައް ބާއްވައި ބޮޑެތި ފައިސާގެ އިނާމުތައް ދީފައިވާކަމަށް ބުނާ މައްސަލައެއްގައެވެ.

މި މައްސަލައިގައި އަލްހާން އޭސީސީއަށް ހާޒިރުވާނެކަން އަލްހާންގެ ޓީމުން ވޮއިސްއަށް ވަނީ ޔަގީންކޮށްދެއްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް