އިންޑިއާގެ ބޮޑުވަޒީރު ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ރައީސް ޑރ.މުޢިއްޒު ބައިވެރިވެވަޑައިގެންފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
އިންޑިއާގެ ރިޔާސީ ގަނޑުވަރު ކަމަށްވާ ރާސްތުރަޕަތީ ބަވަންގައި އޮތް މި ފަރިއްކޮޅުގައި ރައީސް ޑރ.މުޢިއްޒުގެ އިތުރުންވެސް، މޯދީގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ އިސްވެރިންވެސް ވެސް ބައިވެރިވެވަޑައިގަތެވެ.

މިފަރިއްކޮޅުގެ ހަވާސާގައި ރައީސް ޑރ.މުޢިއްޒު އާއި ބޮޑުވަޒީރު މޯދީ ބައްދަލުކުރައްވާ، މަޝްވަރާކުރައްވާފައިވާކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
ރައީސް ޑރ.މުޢިއްޒު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ތިން ވަނަ ދައުރަކަށް އިންތިހާބުވި މޯދީގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅެކެވެ.
މިއީ ރައީސް ޑރ.މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް